އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރި ހޮޓަލަށް އިންވެސްޓްކުރާނެ ނުވަތަ ހޮޓާ ގަންނަން ބޭނުންވާ ބައަކު ހޯދަން އިއުލާނުކޮށްފިއެވެ. މިކަމަށް އެސްޓީއޯ އިން ކުރި އިއުލާނުގައިވަނީ ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުމަށެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި ހޮޓާ އިމާރާތްކުރަން ފެށީ 2011 ވަނަ އަހަރުއެވެ. 250 ކޮޓަރީގެ ހޮޓަލުގެ މަސައްކަތުގެ ބޮޑު ބައި މިހާރުވެސް ވަނީ ނިމިފައެވެ. އެސްޓީއޯއަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގެ ބޭނުމުގައި އިމާރާތްކުރަން ފެށި ހޮޓާ އެޅުމަށް އެސްޓީއޯ އިން ވަނީ ބޮޑެތި ލޯނުތައްވެސް ނަގައިފައެވެ.
އެސްޓީއޯގެ އިޢްލާނު: