ހުޅުލެ-ހުޅުމާލެ ހައިވޭ މިރޭ ދިއްލައިލަނީ

ކިޔުމަށް ހޭދަވާނީ 47ސ
ހުޅުލެ-ހުޅުމާލެ ހައިވޭ މިރޭ ދިއްލައިލަނީ

 

ހުޅުލެ-ހުޅުމާލެ ހައިވޭ މިރޭ އެއްކޮށް ދިއްލައިލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.  

 

އެކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހައިވޭ މިރޭ ދިއްލައިލަނީ ވަގުތީ ގޮތުން ކަމަށާއި ޓެސްޓު ކުރުމަށް ކަމަށެވެ.

 

ސެޕްޓެމްބަރ މަހުގެ ހަތްވަނަ ދުވަހު ސިނަމާލެ ބްރިޖާއިއެކު ގުޅިފައިވާ މަގުތައް ހުޅުވާލާ މާލޭ ރިންގް ރޯޑް މަގުތައް ވެސް ރޭގަނޑަށް ދިއްލައިލި ނަމަވެސް، ހުޅުމާލޭ ހައިވޭގެ ބޮޑު ބައެއް މިއަދާއި ހަމަައަށް ވެސް އޮތީ އަނދިރިކޮށެވެ. ހައިވޭގެ ބޮޑުބައެއް އަނދިރިކޮށް އޮތީ ލައިޓުގެ މަސައްކަތްތައް ނުނިމޭތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ހުޅުމާލެ ހައިވޭއަކީ އެކްސިޑެންޓުތައް ގިނަ މަގަކަށްވުމުން، ފުލުހުން ވަނީ އެމަގުގައި ދުއްވާއިރު ހެލްމެޓު އަޅައިގެން ދުއްވަން އިލްތިމާސް ކޮށްފައެވެ. ހައިވޭގައި އެންމެ ބާރު މިނުގައި ވެސް ދުއްވުމުގެ ހުއްދަ ދީފައިވަނީ 50 ކިލޯމީޓަރަށެވެ.

 

 

މިއަދު އޮންލައިން