ނައިބް ރައީސް ފައިސަލް ނަސީމް ތިލަދުންމަތީ ދެކުނު ބުރީ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
ނައިބް ރައީސް ވަޑައިގެންނަވަން ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ އިތުރުން ހަނިމާދޫއަ ށެވެ.
އެދަތުރުފުޅުގައި އެ ތިން ރަށުގެ އެކި މުވައްސަސާތަކަށް ޒިޔާރާތް ކުރައްވާއި އެތަން ތަނުގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެ ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.