މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހް އައްޔަން ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހް، އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރިން ކުރައްވާފައިވާ ޝާހް އަކީ މިހާރުވެސް ޖޭޕީގެ ކައުންސިލް މެމްބަރެކެވެ. އަދި އޭނާ ވަނީ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
ޝާހު ވަނީ ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މަގާމްތަށް ވެސް ފުރުއްވާފަ އެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ޝާހު ވަނީ ކުރައްވާފަ އެވެ.