މާފުށީ ޖަލުގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި

ކިޔުމަށް ހޭދަވާނީ 38ސ
މާފުށީ ޖަލުގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް ޖަލު ހިމެނޭ ސަރަޙައްދަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

 

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ނައިބު ރައީސް މިއަދު މާފުށީ ޖަލުގެ ހާލަތު ބައްލަވައިލައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދޫނިދޫ ޖަލަށް ވަޑައިގެން އެ ތަނުގެ ހާލަތު ވެސް ބައްލަވާފަ އެވެ.

 

ސަރުކާރުން ބުނެފައިވަނީ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ޖަލުތަކަކީ މީހުން އިސްލާހު ކޮށްގެން އާންމުންގެ ތެރެއަށް ނެރޭނެ ތަނަކަށް ބަދަލު ކުރާނެ ކަމަށް އައު ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއަދު އޮންލައިން