ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްކަމަށްވާތީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސުޕަރމާޓް ވެސް ބަންދުވާނެ ކަމަށް އެކުންފުނިން މިއަދު އިއުލާނު ކޮށްފިއެވެ.
އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 9 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހު، އެސްޓީއޯ ސުޕާރމާޓް ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް ބަންދުވާނެކަން އެންމެހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލާ ކަމަށެވެ.
ސުޕަރމާޓްގެ ވިޔަފާރިތައް ދެން ހުޅުވޭނީ 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި ކަމަށް ވެސް އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމާފައިވެއެވެ.