ނައިބްރައީސް މަގުމަތީގަ ހުރި ޑަސްޓްބިންތަކުގެ މަތި ނެންގެވިއިރު ކުނިން ފުރިފަ- ދެން އުކަނީ ކޮންތަނަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ނައިބްރައީސް މަގުމަތީގަ ހުރި ޑަސްޓްބިންތަކުގެ މަތި ނެންގެވިއިރު ކުނިން ފުރިފަ- ދެން އުކަނީ ކޮންތަނަކަށް؟

މާލެ ސާފުކުރުމަށް މިއަދު ކުރި ަމސައްކަތްތަކުގެ ތެރެއިން ޗާންދަނީ މަގުން ވަޑައިގަންނަވަމުން ނައިބް ރައީސް ފައިޞަލް ނަސީމް އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ބައެއް ޑަސްޓް ބިންތަކުގެ މަތިނަންގަވައި ބެއްލެވިއިރު ވަނީ ކުނިން ފުރިފައެވެ. އަރިހުގައި ތިބި މީހުންގެ ޖަވާބަކަށްވީ އަދި މިއަދު ކުނި ނުނަގަނީ ކަމަށެވެ.

ނަމަވެސް ޑަސްޓްބިނަށް ބެލުމުން އެއީ އެއް ދުވަހުން އަޅާފައިވާ ކުނި ނޫންކަން ވަނީ ފަހަގަކުރެވިފައެވެ. މަގުމަތީގައި ކުނި އަޅާނެ ވަށިގަނޑުތައް ބެހެއްޓުމުން ފުރެމުން ދިއުމަކީ އެއިގެ ބޭނުން ހިފާކަމުގެ ހެއްކެކެވެ. ނަމަވެސް ޤަވާއިދުން ކޮންމެ ދުވަހަކު އެއިން ކުނި ނުނަގާނަމަ އެތަކެތި ބެހެއްޓުމުން ކުރަންޖެހޭ ފައިދާ ކުރާނެ ކަމާއިމެދު ސުވާލު އުފެދެއެވެ. ރާއްޖޭގައި މިއަދު ޒިންމާ އުފުލަމުން ގެންދާ ގޮތުން ރަސްމިއްޔާތެއް ބާއްވާފައި އެމްއޯޔޫއެއްގައި ސޮއިކުރުމަކުން އަދި ފުއްދައިލެވޭކަށް ނޯވެއެވެ.

އެމްއޯޔޫ އިން ހަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރާކަންވެސް ކަށަވަރުކުރަން އެބަ ޖެހެއެވެ. އެމްއޯޔޫގައި ސޮއިކުރުމަކީ އެއްވެސް މަސައްކަތެއް ކުރެވޭ ސަބަބެއް ނޫނެވެ. އެކަމުން ހަމަ އެކަނިވާ ކަމަކީ އެކަމެއް ކުރަން މަގުފަހިވުމެވެ. އެކަމެއް ކުރެވޭނީ ކުރަން ތިބޭ ބައަކު އަމަލީ ގޮތުން އެކަމެއް ކުރުމުންނެވެ.

މިއަދު އޮންލައިން