ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ އެކި މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށާއި، މިފަދަ ކަންތައްތަކުގައި މިހާރެކޭވެސް އެއްފަދައިން ކުރިއަށް އޮތްތާނގައިވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ކުރިޔަށް ދާ މިންވަރު ބައްލަވައިލެއްވުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިއްޔެ ދިމާވި ހާދިސާގައި ފެނިގެން ދިޔައީ އާންމު ރައްޔިތުންނާއި، ސަރުކާރާއި، މަދަނީ ޖަމުޢިއްޔާތަކާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ފަރާތުން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއްކޮށް، މިކަމުން އަރައިގަތުމަށް މަސައްކަތްކުރި މަންޒަރުކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރުއަދާކުރެއްވިއެވެ.

މިއަދު އޮންލައިން