ކޮންމެ ދެމަފިރިއަކުވެސް ކިޔާލުން މުހިންމު!: ނުކުރާ ކުށެއް ކުރިކަމަށް ހަދައި ދެރައެއް ދިނުމަކީ ފާފަ އިތުރަށް ބޮޑުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ ދެމަފިރިއަކުވެސް ކިޔާލުން މުހިންމު!: ނުކުރާ ކުށެއް ކުރިކަމަށް ހަދައި ދެރައެއް ދިނުމަކީ ފާފަ އިތުރަށް ބޮޑުވާނެ ކަމެއް!

އެއީ ތަނަވަސް މީހެކެވެ. ކައިވެންޏަށް 6 އަހަރެވެ. ދަރިއަކު ނުލިބެއެވެ. ދެމަފިރިން ދިރިއުޅެނީ ބޮޑު ގެއެއްގައި އެކަންޏެވެ. ފިރމީހާއަށް ބޮޑުބޭބެ ކިޔާ ޢުމުރުން 30 އަހަރުގެ ޒުވާނަކު ގެއަށް ގެނައީ އޭނާ ފުރިހަަމކުރަންޖެހޭ ކުރު ކޯހެއް ފުރިހަމަކުރަން 10 ދުވަހަށެވެ.  

ފިރިމީހާ މަސައްކަތު ދިއުމުން އަނބިމީހާގެ ކަމަކީ ޅިޔަނު އަތުއަޅުވައިލަން މަސައްކަތްކުރުމެވެ. ޒުވާނާއަކީ ވަރަށް ހުޝިޔާރު ކުއްޖެކެވެ. ބައްޕަ މަރުވުމުން އޭނާގެ ކިޔެވުމަށް ޚަރަދުކުރީ ބޮޑުބޭނެކަން ޤަބޫލުކޮށް ޝުކުރުވެރިވާތީ ބޮޑުބޭބެ ދެރަވާނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ.  

3،4 ދުވަސްވީއިރުވެސް އަނބިމީހާގެ އެއްވެސް ރޭވުމެއް ކާށމިޔާބުނުކުރެވުމުން ފިރިމީހާގެ ގާތުގައި ވާހަކަދެއްކީ މުޅިން ބަދަލުކޮށްލައިގެންނެވެ. ޅިޔަނު އޭނާއާއި ބެހެން އުޅޭކަމަށް ހަދައިގެންނެވެ. އެވާހަކަތައް ޤަބޫލުނުކުރަން ހުރެފައިވެސް އަނބިމީހާގެ ބަހަށް ހެއްލެވި ކޮއްކޮއާއި ސުވާލުކުރުމުން އެކަން ދޮގުކުރީމާވެސް ޤަބޫލެއް ނުކުރެވުނެވެ.  

ޒުވާނާ ބުނީ ދެން އެގޭގައި އިތުރަށް ހުންނަން ބޭނުން ނޫންކަމަށާއި އެކުވެރިއެއްގެ ގެއަށް ބަދަލުވަނީ ކަމަށެވެ. ނަމަވެސް ތިއައީ ވަރަށް ހެޔޮ ބޮޑު ބޭބެއަކަށްވުމުން ހިތުގައި ނަފްރަތު އުފެދެން ބޭނުންނުވާތީ މިއަޑުތައް އަހައިލުން އެދޭކަމަށްބުނެ ފޯނު ދިއްކޮށްލިއެވެ.

ރެކޯޑިންގތަކުން އަނބިމީހާގެ މަކަރުވެރިކަން ބޭޒާރުވިއެވެ. އަނބިމީހާ ގެނެސް އެއަޑުތައް އިއްވުމުން ފެށީ ރޯށެވެ. ފިރިމީހާ ބުނީ ރުއިމުގެ ބޭނުމެއް ނެތްކަމަށާއި އަވަހަށް ގެއަށް ދިއުމަށެވެ. ވަރިކުރުމުގެ ކަންކަން ހަމަޖައްސާނެ ކަމަށެވެ. އަނބިމީހާ ކަރުނަ އަޅަމުން ކުރި އާދޭސްތަކުގެ އަޑުވެސް އަހަން ބޭނުންނުވެ ވަޤުތުން ގެއިން ނެރެ ފޮނުވައިލީއެވެ.  

މިކިޔައިދިނީ މިބާވަތުގެ ކަމެއް ކުރި އަންތބަކަށް ދިމާވި ގޮތުގެ ވާހަކައެވެ. ފިރިންވެސް މިފަދަ ކަންކަންކުރަނީ މަދަކުން ނޫނެވެ. އަހުރެން ބުނަން ބޭނުންވަނީ ފިރިންވެސް އަދި އަނބިންވެސް މިފަދަ ކަންކަން ނުކުރާށެވެ. މިބާވަތުގެ ކަންކަން ކުރުމުން ހަމައެކަނި ފާފަވެރިވަނީއެއް ނޫނެވެ. ފާފަވެރިވުމުގެ އިތުރަށް ފާފަ އިތުރަށް ބޮޑުވެގެންވެސް ދެއެވެ. އެއީ އެއްވެސް ކުށެއް ނެތް މަޢްޞޫމް މީހަކަށް ބޮޑުދެރައެއް ދެވޭތީއެވެ.  

މިބާވަތުގެ ކަންކަމުގައި ގިނައިން ދެރަ ލިބެނީ ނިކަމެތިންނަށެވެ. ނިކަމެތި ކުދިންނަށެވެ. ނިކަމެއްޗަކަށް އެފަދަ ބޮޑު ދެރައެއް ދީފައި ތިމާއަށް އުފަލުގައި ހުރެވޭނެކަމަށް ހީވެސް ނުކުރާށެވެ! އެމީހަކަށް ﷲ ތަޢަލާގެ ޢަޛާބް ދުނިޔޭގައިވެސް ދެއްވަވަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން