މިހާރަކަށް އައިސް ޒީނަތްތެރިވުމުގައި މިވަނީ ވަރަށް ކުރިއަރައިފައެވެ. ކުލަޖައްސަނީ ހަމައެކަނި މޫނަކުވެސް ނޫނެވެ. ބޮލުގެ އިސްތަށީގައިވެސް އެބަޖައްސައެވެ. އެކަމަކު ބައެއް ފިރިން އެމަށް ދެކޮޅު ހަދައެވެ. އެއީ ފިރިންނަށް ދެކޮޅު ހެދޭނެ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ފިރިމީހާ ރުހޭނަމަ އިސްތަށިގަނޑުގައި ކުލަ ޖެއްސިދާނެއެވެ. މިބުނަނީ ކުލަޖައްސަންވާނީ ފިރިމީހާގެ ރުހުމުގައެވެ. އެކަމުގެ އެއްސަބަބަކީ އިސްތަށިގަނޑުގަ ކުލަޖެއްސުމަކީ މީހާގެ ސިފައަށް ބަދަލުއަންނަކަމެކެވެ. ކައިވެނިކުރުމަށްފަހު އަމިއްލައަށް ސިފަ ބަދަލުކުރުމުން ފެންނާނީ އެހެން އަންހެނެއްގެ ސިފައިގައެވެ.
ގުޅުންހުރި ލިޔުމެއް!:
ފިރިމީހާ ރުހޭނަމަ އިސްތަށީގައި ކުލަ ޖެއްސިދާނެއެވެ. ހުދު އިސްތަށި ކަޅުކުރުން ވަނީ މަނާވެގެންނެވެ. އަޢުރަ ނިވާކުރުމުގެ އެންމެ ކުޑަ މިންވަރަކީ މޫނާ ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ.
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ؛ كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ))
މާނައީ: "ކަޅުކުލައިން (ނުރައިގައި) ކުލަޖައްސާ ބަޔަކު ފަހުޒަމާނުގައި ވާނެއެވެ. ކޮތަރެއްގެ ދަށްބަނޑު ކަހަލައެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ."
އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ.[އެބަސްފުޅުގެ ތަރުޖަމާއީ: "އެންމެ ޞައްޙަ ގޮތަކީ: ކަޅުކުލައިން ކުލަޖެއްސުން ޙަރާމްވެގެން ވުމެވެ. އަދި ބުނެވެއެވެ. އެކަމުން ދުރުވެގަތުމުގެ ގޮތުން އެކަން މަކުރޫހަ ވެގެން ވެއެވެ. އަދި އެކަމުގައި އިޚްތިޔާރުކުރެވެން އޮތީ އެއީ ޙަރާމްކަމެއް ކަމުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ މިބަސްފުޅަށްޓަކައެވެ. ((وَاجْتَنِبُوا السَّوَادَ)) "ކަޅުން ދުރުވެގަންނާށެވެ." ((شرح مسلم)) (14 / 80).
- މަސްދަރު: ދިސަލަފިއްޔާ