ދީނާ މިނިވަންކަން ޙިމާޔަތްކުރެވެން އޮތީ ދީނާ ރައްޔިތުންނަށް ލޯތްބެއް ނެތް ޚިޔާނާތްތެރިންގެ އަވާގައި ނުޖެހި ބުއްދީގެ ބޭނުންކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދީނާ މިނިވަންކަން ޙިމާޔަތްކުރެވެން އޮތީ ދީނާ ރައްޔިތުންނަށް ލޯތްބެއް ނެތް ޚިޔާނާތްތެރިންގެ އަވާގައި ނުޖެހި ބުއްދީގެ ބޭނުންކޮށްގެން!

މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެއްވެސް ސަރުކާރަކުން މިހައިތަނަށް ނުކުރާވަރަށް ދީނުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރެވޭ ތަނެވެ. ވަޤުފް ފަންޑަށް ފައިސާ އިތުރުކޮށް ދީނުގެ ކަންކަން ކުރިއަރުވަން ޚަރަދުކުރާނެ ފައިސާ އިތުރުކުރަން މަސައްކަތްކުރާތަނެވެ. ރާއްޖޭގައި މިހައިތަނަށް އެޅިފައިނުވާ ފެންވަރުގެ މިސްކިތްތައް އަޅަން މަސައްކަތްކުރެވޭ ތަނެވެ.  

މިހައިތަނަށް އޮތީ ދައުލަތަށް ދަރަނި ނަގައި އެދަރަނި އަދާކުރުމުގެ ބަދަލުގައި މުއްދަތް އިތރުުކުރުމުގެ ޘަޤާފަތެވެ. ދަރަނި ދޭ ފަރާތަށް އަޅުވެތިވުމުގެ ޘަޤާފަތެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ ޤައުމުގެ އިޤްޠިޞޯދު ރަނގަޅުކޮށް ދަރަނި އަދާކޮށް ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް މަސައްކަތްކުރެވޭ ތަނެވެ.  

ހުރި ދަތިތަކާއިއެކުވެސް ނިކަމެތިންނަށް އަޅައިލުމުގެ އިތުރަށް ދައުލަތުންދޭ ޢިނާޔަތްތައް އިތުރުކޮށްފިއެވެ. އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރެއެވެ. ޒަކާތަށް ލިބޭ ފައިސާ ހަމަހަަމ ގޮތުގައި ބަހައި ދެވޭ މިންވަރު ރެކޯޑް ޢަދަދަކަށް އިތުރުވެފައިވާ ކަމީ ޤބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.  

ވީދިކުދިކުދިވެފައިވާ އަޚްލާޤީ ފޭރާން ރަނގަޅުކުރުމަށް ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. ފެށިގެން މިދިއަ އިޙްތިރާމް ކުރުމުގެ ކެންޕޭނަކީ ފާހގަކުރަންޖެހޭނެ މަޝްރޫޢެކެވެ.

މިކަންކަން ޙަޖަމުނުވާ ބައަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާކަން އަންގައިދެނީ އެމީހުންގެ ހިތުގައި ދީނަށްވެސް އަދި ޤައުމަށްވެސް އަދި ރައްޔިތުންނަށްވެސް އެއްވެސް ލޯތްބެއް ނެތްކަމެވެ. 

އަމިއްލަ އެދުމުން ފުރިގެންތިބި ޚާއިނުން އެމީހުންނަށް ވެރިކަމުގެ ބާރު ލިބިގެން ތިބި ދުވަހު ކަންކަން ކުރިގޮތް ހަނދާނެއް ނެތެވެ. ރައްޔިތުންނަށް ޣައްދާރުވެވުނުވަރާއި ކުރެވުނު ވައްކަންތައް މަތިން ހަނދާނެއް ނެތެވެ. ﷲ ގެ ދީނަށް ނަޞްރުދިނުމުގެ ބަދަލުގައި ނިކަމެތިކުރެވުނުވަރު ވެސް ހަނދާނެއް ނެތެވެ.  

ރައްޔިތުން މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ކުލީ ދޫތަކުން ދައްކަމުން ގެންދާ ދޮގުވާހަކަތަކަށް ނުހެއްލި އިއްޔެ ފެނުނު ކަންކަމާއި މިއަދު ފެންނަމުންދާ ކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ފުދުންތެރިކަން ލިބި އުފާވެރިކަން ލިބެން އޮތީ އެކަމުންނެވެ.  

ޔާ ﷲ! ވެރިކަމަށް ދަހިވެތިވެ ޢަދާވާތްތެރިވެގެން އުޅޭ ޚާއިނުންތަކުގެ ކިބައިން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން 

 

މިއަދު އޮންލައިން