އަހުރެމެންގެ ދީނާއިމެދު ނުބައިބަސްތައްބުނާ އަދި ދޮގުވާހަކަ ފަތުރާ މީހުންނަށް ރައްދުދީ ޙައްޤު އޮޅުންފިލުވައިދޭންޖެހޭނެކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަހުރެމެންގެ ދީނާއިމެދު
ނުބައިބަސްތައްބުނާ އަދި ދޮގުވާހަކަ ފަތުރާ މީހުންނަށް ރައްދުދީ ޙައްޤު
އޮޅުންފިލުވައިދޭންޖެހޭނެކަން ޤުރްއާނުން!


އިސްލާމްދީނުގެ ވާހަކަ އެކަން އޮތްގޮތް ނުއެނގިތިބެ ދައްކާބައަކުވެސް އުޅެއެވެ. އަދި އެނގިތިބެގެން އޮޅުވާލުމުގެ ބޭނުމުގައި ދައްކާ ބައަކުވެސް އުޅެއެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ޙައްޤު ބަސްބުނެ ހާމަކުރަންވާނެއެވެ. ޤަބޫލުނުކޮށްފިނަމަ އޭނާއަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރާށެވެ! ޤަބޫލުނުކުރިނަމަ އެމީހަކާއި ދުރުހެލިވާށެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ." 

ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިނބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނު ދޮގެކެވެ."

(އަންނޫރު: 15،16)  

އެފަދަ ވާހަކައެއްގެ އަޑުއިވިއްޖެނަމަ ވާހަކަ ދެއްކި މީހާއާއި ހުރި ގާތްކަމަށް، އޭނާގެ ދަރަޖައަށް އަދި ތަނަވަސްކަމަށް ވިޔަސް ނުބަލާށެވެ! ﷲ ތަޢާލާގެ މަގުގައި ޙައްޤުބަސްބުނާށެވެ! ﷲ ތަޢާލާ ބަޔާންކުރައްވަވާފައިއެވަނީ އެކަން އެގޮތަށް ކުރުމަށެވެ. ވީމާ ﷲ ތަޢާލާ ކަމެއް ކުރަން އެންގެވުމުން މީހާގެ ދަރަޖައަށް، ޙައިޞިއްޔަތަށް ބަލައި ފަސްނުޖެހޭށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ! ކުރާ ފައިދާ ބޮޑުވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ އެއިރުންނެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން