އެއީ ކޮލެޖުގައި އެކުގައި އުޅުނު ދެޒުވާނުންނެވެ. އެއްރެއަކު މަގުމަތިން ބައްދަލުވުމުން ފިރިހެންކުއްޖާ ބުނީ އަންހެންކުއްޖާ ދެކެ ލޯބިވާކަމަށެވެ. އަންހެންކުއްޖާ ބުނީ ތިއައީ ޙަޤީޤަތެއް ނަމަ އަވަހަށް ގޮސް އޭނާގެ މައިންބަފައިންނާއި ބައްދަލުކޮށް ތިއަ ވާހަކަ ބުނުމަށެވެ.
އެރޭ ޢިޝާނަމާދުން ފައިބައިގެން ޒުވާނާ ދިއައީ އެގެއަށެވެ. އަދި މައިންބަފައިންނާއި ބައްދަލުކުރި ސަބަބު ކިޔައިދިނެވެ. "ކްލެޖު އިރުންސުރެ އަހުރެން މިހުންނަނީ ހިތުލައިގެންނެވެ. ވަޒީފާއެއްވެސް ލިބިއްޖެއެވެ. އަންތބަކު ބެލެހެއްޓޭވަރުގެ މުސާރައެއްވެސް ލިބެއެވެ. މަންމަ އާއި ބައްޕަ ރުހޭނަމަ ބޭނުމީ އަވަހަށް ކައިވެނިކުރާށެވެ! ލޯބިވެގެން ދުވަސްތައް ބޭކާރުކުރާކަށް ނެތީމެވެ."
ޒުވާނާގެ ވާހަކަ އަޑުއަހާފައި ދަރުފުޅު ގެނެސް އޭނާގެ ބަހަކަށް އެދުމުން ދަރިފުޅު ބުނީ އޭނާހުތީ ރުހިގެން ކަމަށެވެ. ޒުވާނާ ބައްޕަމެންނާއި ބައްދަލުކުރީވެސް އޭނާ އެދިގެން ކަމަށެވެ. ބައްޕަ ބުނީ ކައިވެނިކޮށްދޭނީ (ހުރިހާ ޚަރަދެއްކުރާނީ) ބައްޕަ ކަމަށެވެ. ކައިވެނިކުރުމުގެ ކަންކަން ބާރަށް ކުރިއަށް ގެންދިއުމަށެވެ.
ލޮބުވެތި ޒުވާނުންނޭވެ! ލޯބިވެއްޖެނަމަ ކަންކަން ކުރަން އޮތް ގޮތަކީ މިއީއެވެ. ޑޭޓިންގެ މާނަ ތިލަކޮށް މިހާރު އެކުގައި ކެއުންތަކަށް ދިއުމަށްވެސް އެހެން އެބަކިޔައެވެ. ކިތަންމެ ރީތި ނަމެއް ކިޔަސް މިކަންކަން ކުރަން އޮތީ ކައިވެނީގެ ފަހުންނެވެ. ގައިގަ ބީހިލަންވެސް ހުއްދަވާނީ ކައިވެނިކުރުމަށްފަހުގައެވެ. ވީމާ ކައިވެނިނުކޮށް ލޯބިވެގެން އެކުގައި އުޅުމެއް ނެތެވެ. އަދި ފާފައަކަށްވެދާނެ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. އެފަދަ ކަމަކާއި ވައިއެޅޭނަމަވެސް އެކަމުން އަންގައިދެނީ ލޯބިނުވާކަމެވެ.
މިއީ އެންމެ ގިނައިން ނަޞީޙަތްދެވޭ އެއް މައުޟޫއެވެ. ދުނިޔޭގެ ދިރިއުޅުންވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ ލޯބިވުމުގެ މާނަ އޮޅުވާނުލައި ލޯބިވެގެންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން