މައްސަލަ ޖެހިދާނެއެވެ. ހިތްހަމަނުޖެހޭ ކަމެއްވެސް ކޮށްފާނެއެވެ. ހިތް ނުއެދޭ ބަހެއްވެސް ބުނެފާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ތިބާ ދެކެ ލޯބިވާ މީހަކު ތިބާ ދޫކޮށްލާފައި ނުދާނެއެވެ. މަސައްކަތްކުރާނީ ކުރިމަތިވި މައްސަލަ ޙައްލުކޮށްގެން އެކުގައި އުޅުމަށެވެ.
ހަމައެއާއިއެކު އެއްވެސް މީހަކު ތިބާ ދޫކޮށް ހިނގައްޖެނަމަ އެއީ ލިބުނު ދެރައެއް ކަމަށް ނުދެކޭށެވެ! އެކަން މެދުވެރިވާނީ ތިބާއަށް ރަނގަޅަކަށެވެ. ވީމާ ތިބާ ދޫކޮށް ދިއަ މީހާއާއިމެދު ވިސްނުމުގެ ބަދަލުގައި ދެއަތް އުފުލާލައި ދުޢާޚުރާށެވެ!
ޔާ ﷲ! މިއަޅާ ގޮވައިގެން ުވަރުގެ ވަންނާނެ ބައިވެރިއަކު މިއަޅާއަށް ދެއްވަވާނދޭވެ! މިއަޅާގެ ހިތަށް އުފާވެރިކަން ހޯދައިދީ އުފަލުގައި ގެންގުޅޭނެ ބައިވެރިއަކު މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން
ﷲ ތައާލާ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އެމީހަކަށް ރަނގަޅަކަށެވެ. އިމްތިހާނުކުރެއްވެވުމަށްވެސް ކަންކަން މިންވަރުކުރައްވަވަތެވެ. އިމްތިޙާނުން ފާސްވުމުން ހިތަށްވެސް ނުގެނެވޭނެ ވަރުގެ ބޮޑެތި ނިޢުމަތްތައް ދެއްވަވަތެވެ. ވީމާ މީހަކު ތިބާ ދޫކޮށްލާފައި ދިއުމަކީ ލިބުނު ދެރައަކަށް ނުވާނެއެވެ. އެކަންވާނީ ލެއްވެވި ރަޙްމަތަކަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން