މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026 ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026 ފަށައިފި

އެކައުންޓިންގ އަދި މާލީ ދާއިރާގެ 400 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ރަސްމީކޮށް ފަށައިފިއެވެ. މި ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުހިންމު ފޯރަމެކެވެ.

ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ކުރިއަށްދާ މި ފޯރަމް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި އަހަރުގެ ފޯރަމްގައި އެކައުންޓަންޓުންނާއި، އޮޑިޓަރުންގެ އިތުރުން މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ވެރިންނާއި ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެއެވެ.

މި ފޯރަމަކީ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، ފަންނީ ހުނަރާއި ތަޖުރިބާ އިތުރުކުރުމުގެ އިތުރުން ޕްރޮފެޝަނަލް އަޚްލާޤީ މިންގަނޑުތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި މުހިންމު އެކި މައުޟޫޢުތަކަށް ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި، ކީނޯޓް ސްޕީޗްތައް ދިނުމުގެ އިތުރުން ޚާއްޞަ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން