އައިޖީއެމްއެޗްއިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްޞަ ސާޖިކަލް ކޭމްޕެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އައިޖީއެމްއެޗްއިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްޞަ ސާޖިކަލް ކޭމްޕެއް ބާއްވަނީ

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްޞަ ސާޖިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހެލްތާއި ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށްގެންދާ "ސާޖިކަލް އައުޓްރީޗް ޕްރޮގްރާމް" ގެ ދަށުން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު 29 އިން 31 އަށެވެ.

މި ހަރަކާތުގެ ތެރެއިން އައިޖީއެމްއެޗްގެ ޚާއްޞަ އަދި ސަބް-ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސާޖިކަލް ކޮންސަލްޓޭޝަންތަކާއި ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އައިޖީއެމްއެޗްއިން ހާމަކޮށްފައިވާ ގޮތުގައި، މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚާއްޞަ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

މިއަދު އޮންލައިން