ޤިޔާމަތް ދުވަހު ތިބާއަށް ރަސޫލް ޞޢޥ އާއި ބައްދަލުވެވޭހިނދު ލިބޭނެ ބޮޑު އުފާވެރިކަމަށް އެދިގެންނާއި ﷲ ގެ ހެޔޮ ރަޙްމަތަށް އެދިގެން ކުރަން އޮތް ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޤިޔާމަތް ދުވަހު ތިބާއަށް ރަސޫލް ޞޢޥ އާއި ބައްދަލުވެވޭހިނދު ލިބޭނެ ބޮޑު އުފާވެރިކަމަށް އެދިގެންނާއި ﷲ ގެ ހެޔޮ ރަޙްމަތަށް އެދިގެން ކުރަން އޮތް ޢަމަލު!

އަހުރެމެން ކޮންމެ މީހަކަށްވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ ﷲ ތަޢާލާ އަހުރެމެންނަށް ރަޙުމަތް ލެއްވެވުމުންނެވެ. އެހެންކަމާއިއެކުވެސް އެކަމަށް އެދިގެން މަސައްކަތްކުރުމުގައި އަހުރެމެންނަށް މިތިބެވެނީ ޣާފިލްވެގެންނެވެ.  

ޙަދީޘްފުޅުގައި އޮތީ ހުކުރު ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމަށެވެ. އަހުރެމެން އެއްފަހަރު ޞަލަވާތް ކިޔެވުމުން ﷲ ތަޢާލާ 10 ފަހަރު އެމީހަކަށް ޞަލަވާތް ލައްވަވާނެ ކަމަށްވެސް އޮވެއެވެ. ވީމާ އަހުރެމެން 100 ފަހަރު ޞަލަވާތް ކިޔަވައިފިނަމަ ﷲ ތަޢާލާ އެމީހަކަށް 1000 ފަހަރު ޞަލަވާތް ލައްވަވާނެތެވެ. މިއީ ކޮންފަދަ މަތިވެރި ނިޢުމަތެއް ހެއްޔެވެ؟

އަދިވެސް ވިސްނައިލާށެވެ! އަހުރެމެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމުން މަލާއިކަތުން އެވާހަކަ އިތުރުއެކަލޭގެފާނުގެ އަރިއަހުގައި ދަންނަވަތެވެ. ކިޔެވިމީހާގެ ނަމާއިއެކުގައެވެ. މިވެނި މީހަކު ކިޔެވި ކަމަށެވެ. އެހެންކަމަށްވާއިރު ކޮންމެ ދުވަހަކު އެތައް ފަހަރަކު ތިބާގެ ނަން އިތުރުއެކަލޭގެފާނަށް ދެންނެވޭނަމަ ޤިޔާމަތް ދުވަހު ތިބާއަށް އިތުރުއެކަލޭގެފާނާއި ބައްދަލުވެވޭހިނދު ލިބޭނެ ބޮޑު އުފާވެރިކަމަށް ވިސްނައިލާށެވެ!  

މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހިތްވަރުކޮށްލައިގެން އެކިފަހަރުމަތިން ނަމަވެސް 1000 ފަހަރު ޞަލަވާތްކިޔަމާހެއްޔެވެ؟ ﷲ ތަޢާލާގެ ޙަމްރަތުން 10000 ފަހަރު ތިބާއަށް ޞަލަވާތް ލެއްވެވުމުން ކުރާނެ ބޮޑު ފައިދާއަށް އެދިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން