އެއީ ތަނަވަސް މީހެކެވެ. އަންތބަކާއި 3 ދަރިންތިބެއެވެ. ކޮންމެ ރެއަކުވެސް 8 ޖަހާއިރު ގެއަށް ދެއެވެ. ގެއަށް ދިއުމަށްފަހު ބޭރަކަށްވެސް ނުދެއެވެ.
އެއްރޭ އަނބިމީހާ އައިސް ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ. "ލޯބިވާ ފިރިމީހާއެވެ. އެކުގައި އުޅޭތާ 6 އަަހރުވަނީއެވެ. ރޭގަނޑު ތިބާ ގޭގައި އެބަ އުޅެމުއެވެ. އެކަމަކު އަހުރެންނަށް އިޙްޞާޞްކުރެވެނީ އެކަނިވެރިކަމެވެ."
ފިރިމީހާ ބުންޏެވެ! "އަހުރެން ގޭގައި އުޅޭއިރުވެސް އެކަނިވެރިކަން އިޙްޞާޞްކުރެވޭނަމަ އެއީ ތިބާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލައެއް ނޫން ހެއްޔެވެ؟"
އަނބިމީހާ ބުންޏެވެ. "މާނަކުރާނެ ގޮތަކަށް މާނަކުރާށެވެ! ތެދެކެވެ. ތިބާ އުޅެނީ ގޭގައެވެ. ކޮޓަރީގައި ނޫނީ ސިޓިންގރޫމްގައެވެ. އެކަމަކު އަހުރެންނާއި އެބަ އަނގައިން ބުނަންހެއްޔެވެ؟ ވާހަކަ ދައްކަމު ހެއްޔެވެ؟ އަހުރެންނަށް ވަޤުތު އެބަ ދެމުހެއްޔެވެ؟ އަބަދުވެސް ތިއައުޅެނީ ކޮންމެވެސް ކަމެއްގައެވެ. ވަޤުތުދެނީ ފޯނަށާއި ލެޕްޓޮޕަށެވެ."
އޭނާއަކީ ހެޔޮވިސްނޭ މީހަކަށްވުމުން އަނބިމީހާ ދެއްކި ވާހަކަ ޤަބޫލުކުރިއެވެ. އަނބިމީހާއަށް ސަމާލުކަންދީ ވަޤުތުދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިންނަށް އައު ބާބެއް ފެށުނެވެ. އުފާވެރިކަން އިތުރުވެގެން ދިއައެވެ.
އަހުރެން މިކިޔައިދިން ފަދަ ޙާލަތު އެތައްބައަކަށް ކުރިމަތިވެއެވެ. އެކަމުގެ ސަބަބުން ކައިވެނި ރޫޅެންވެސް މެދުވެރިވެއެވެ. އެއީ އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދިނީމާ ފޫހިވެގެންނެވެ. ވީމާ މިއީ ކުޑަ ކަމެއް ހީނުކުރާށެވެ. ގޭގައި އުޅޭ ވަޤުތުތަކުގައި މަސައްކަތް ކުރިނަމަވެސް އަނބިމީހާއަށް އެކަނިވެރިކަން އިޙްޞާޞްކުރުވަން ނުޖައްސުވާށެވެ. އަނބިމީހާއަށް ވަޤުތުދޭށެވެ. އަނބިމީހާއަށް ހިތްހަމަޖެހުން ހޯދައިދެމުން މަސައްކަތްކުޜާށެވެ. އެއިރުން ދެމަފިރިންގެ ގުޅުން ބަދަހިވުމުގެ އިތުރަށް ކުރާ މަސައްކަތުގެ ފައިދާވެސް އިތުރުވެގެންދާނެއެވެ. އެއީ ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- އުޤްތަބާސް...