ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މި ފަހުމުނާމާތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ހިމެނެއެވެ.
މި ދެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބްލް ޙަސަން ރަޝީދެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުގެ ފެޑެރަލް ސެކްރެޓަރީ އޮފް ޑިފެންސް، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޢަލީ އެވެ.
ހަބަރު: ސަރުކާރު