ގިނަ ބައަކަށް ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބެނީ އެކަން ލިބިގަންނަން ﷲ އަންގަވާފައިވާ ދެ މަގު ދޫކޮށްލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ގިނަ ބައަކަށް ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބެނީ އެކަން ލިބިގަންނަން ﷲ އަންގަވާފައިވާ ދެ މަގު ދޫކޮށްލެވޭތީ!

އަހުރެމެންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ދެތަނެއް ދީނުން އެނގެން އެބައޮތެވެ. ފުރަތަމަ ތަނަކީ ދިރިއުޅޭ ގެއެވެ. ދެވަނައީ ރޭގަނޑުގެ ނިންޖެވެ. އެކަން އެނގޭއިރުވެސް އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟  

ގޭގައި މަޑުވެލާކަށް ބޭނުމެއް ނުވެއެވެ. އަނބިދަރިންނާއިއެކު ވަޤުތު ހޭދަކުރާކަށް ބޭނުމެއް ނުވެއެވެ. އުޅެން ބޭނުންވަނީ ބޭރުގައެވެ. ކޮންމެވެސް ބައަކާއިއެކުގައެވެ. ދެން އޮތީ ނިންޖެވެ. އިރު އޮއްސި ދެނަމާދުކޮށް ކައި ނިމުމުން ނިދާކަށް ބޭނުމެއް ނުވެއެވެ. ކުރަން ބޭނުންވަނީ އެހެންކަމެކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އެހެންކަމާއިއެކުވެސް ޝަކުވާ މިކުރެވެނީ ހިތްހަމަޖެހުން ނުލިބިގެންނެވެ. ނިކަން ބުނެބަލާށެވެ! ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ކުރަން އެންގެވުމުން އެކަން ޤަބޫލުނުކުރާ މީހަކަށް ޙަޤީޤީ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދޭނީ ކިހިނަކުން ހެއްޔެވެ؟  

ޝަކުވާތައް ގިނަ ކުރެވިދާނެއެވެ. މޮޅަށް ރީތި ޢިބާރާތުން ވާހަކަދެއްކިދާނެއެވެ. ނަމަވެސް ޔަޤީންކުރަންޖެހޭނެ ކަމަކީ އެއްވެސް ކަމެއްގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައިގެން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތްކަމެވެ.

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން