- ސިއުޒާ
އިންޓިމިސީ އަކީ ހަމައެކަނި ގައިގައި ބީހިލުމެއް ނޫނެވެ. ގިނަ ދެމަފިރިން ނިދަނީ އެއް އެނދެއްގައެވެ. އެހެނަސް އެމީހުންގެ ހިތްތައް އުޅެނީ ތަފާތު ދެ ތަނެއްގައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިންޓިމިސީ އަކީ ހަމައެކަނި ރޮމޭންސް ކަމުގައެވެ. ނޫނެކެވެ. ހަޤީގީ އިންޓިމިސީ އަކީ ގުޅުމެވެ. އެއީ އިތުބާރެވެ. އެއީ އިމޯޝަނަލީ އޮންނަ ގާތްކަމެވެ. އެއީ ދެ ނަފްސެއްގެ ދެމެދުގައި އޮންނަ ސުލްޙައެވެ.
އެފްރިކާގެ ޓްރެޑިޝަންގައިވާ ގޮތުން ކައިވެންޏަކީ ދެއަތް ގުޅުވާލުމެވެ. އެއީ ރޫޙުން ގުޅުވާލުމެވެ. ދެމީހުން ބޭރުފުށަށް ރީތިކަމަށް ދައްކަނީ އެހެންވެއެވެ. އެހެނަސް އެކައިވެނިން އެކަނިވެރިކަން ތަހައްމަލް ކުރެއެވެ.
މިއަދު މި ބުނެދެނީ ކައިވެންޏެއްގައި އިންޓިމިސީގެ ހަޤީގީ މާނައެވެ. އަކުރުން އަކުރަށެވެ.
(INTIMACY )
( I- INVOLVE,EMT ) ކައިވެނި ރޫޅެނީ މަޑުމަޑުންނެވެ. ދެމަފިރިން އެކަކު އަނެކަކުގެ ޙަޔާތާއި ހިއްސާވުން ހުއްޓާލާ ހިސާބުންނެވެ. އެއް ގެއެއްގައި އަނބިމީހާއާއި ފިރިމީހާ އަކީ ބީރައްޓެހިންނަށްވާ ހިސާބުން އިންޓިމިސީ ނެތިގެން ދެއެވެ.
ބައެއް މީހުން ދުރު ހިލޭމީހުންނަށް ހުރިހާ އެއްޗެއް ބުނެދެއެވެ. އެހެނަސް ތިމާގެ ބައިވެރިޔާއަށް ސިއްރުކުރެއެވެ. ބައެއް މީހުން ބޭރުތެރޭގައި ހީނ ހަދައެވެ. އެހެނަސް ގޭތެރޭގައި ހަނު ހުރެއެވެ. ހަޤީގީ އިންޓިމިސީ އުފެދިގެން އަންނަނީ ދެމީހުން އެކަކު އަނެކަކާ އިމޯޝަނަލީ، މެންޓަލީ، ފައިނޭންޝިއަލީ އަދީ ރޫހީ ގޮތުން ހިއްސާވާ ހިސާބުންނެވެ. އެންމެ އަތަކުން އެއްޗެއްގައި ގޮށެއް ނުޖެހޭނެއެވެ. ކައިވެންޏަކީ ވަކިވަކި ވެގެން އުޅުމަށް ފަރުމާ ކުރެވިފައިވާ އެއްޗެއް ނޫނެވެ.
( N-NURTURING) ލޯތްބަށް އަޅާ ނުލެވި ރަނގަޅަށް ނުބެލެހެއްޓިއްޖެއްޔާ، ފެން ނުލިބިގެން ގަހެއް ހިކިގެން ދާ ފަދައިން ހިކިގެން ދާނެއެވެ. ގިނަ މީހުން ކައިވެނީގެ ގުޅުމުން ގުޅެނީ އިންޓިމިސީ އިން ކައިވެނި އޭގެ ޒާތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނޫނެކެވެ. ސަމާލުކަން، ހިތްހެޔޮކަން، އަޑު އެހުން، ކެއްތެރިކަން، އޯގާތެރިކަން އަދި ވަޤުތު އިންޓިމިސީއަށްވެސް ބޭނުންވެއެވެ.
ފަރުވާކުޑަ ދުލެއްގެ ސަބަބުން އެތައް އަހަރަކުން ބިނާ ކުރި އިމޯޝަނަލް ގާތްކަން ފުނޑު ފުނޑު ވެގެން ހިނގައިދާނެއެވެ. ކުދިކުދި ލޯބިގެ ޢަމަލުތަކަކީ ކައިވެންޏެއްގެ ދިރުމެވެ. ބުރަކަށި މަތީގައި އުފުލާ ކުއްޖާއަށް ދަތުރުގެ ދިގުމިން ނޭނގިދާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އަބަދުވެސް އަޅާލާނަމަ ދިރިއުޅުމުގެ ބުރަތައް ވަރަށް ލުއިވެގެން ދެއެވެ.
(T.TRUST) އިތުބާރު ގެއްލިފައިވާ ތަނެއްގައި އިންޓިމިސީއަކަށް ޖާގައެއް ނޯއްނާނެއެވެ. ޝައްކުން ފުރިގެންވާ ކައިވެންނަކީ ޖަލެއް ފަދަ އެއްޗެކެވެ. ގުޅުމުގެ ތެރެއަށް ދޮގު އެތެރެވާ ހިސާބުން އިމޯޝަނަލް ދުރުކަން މަޑުމަޑުން އެތެރެވާން ފަށައެވެ. ބައެއް ދެމަފިރިން އަތް ގުޅުވާލައިގެން ހިނގައިދާނެއެވެ. އެހެނަސް އެމީހުންގެ ހިތްތަކަށް ދެމީހުން އެކުގައި ވުމުން ރައްކާތެރިކަމެއް އިޙްސާސް އެއް ނުކުރެވޭނެއެވެ. އިތުބާރަކީ އިންޓިމިސީ ކުރިއަށް ދާން އޮންނަ ބްރިޖެވެ. އެތެރޭގައި ދުޝްމަނަކު ނުވާނަމަ ބޭރުގައިވާ ދުޝްމަނުންނަށއ ކުރެވޭނެ އެއްވެސް ކަމެއް ނޯއްނާނެއެވެ. ސުލްޙަވެރި ކައިވެންޏެއްގެ ފެށުމަކީ ތެދުވެރިކަމެވެ
INTENTIONal TIME)) ސަމާލުކަން ގެއްލޭ ހިސާބުން އިންޓިމިސީ ގެއްލެއެވެ. ގިނަ ދެމަފިރިން ދިރިއުޅެނީ އެކުގައެވެ. އެހެނަސް އެކަކު އަނެކަކާ އެކު ހޭދަކުރާ ވަޤުތަށްވުރެ ފޯނާއި އެކު ހޭދަކުރާ ވަޤުތު ގިނައެވެ.
ދެމަފިރިން އެކުގައި ވާހަކަދައްކާލާ، ހީލާ، ނަމާދު ކޮށްލައި، ހިނގާލާ އަދި ގުޅުން ބަދަހި ކުރާނެ ވަޤުތު ހޯދަންޖެހޭނެއެވެ. ވަޤުތަކީ ލޯބީގެ އެންމެ ބާރުގަދަ ބައެވެ. އާއިލީ ގޮށަކީ ގަހެއް ފަދަ އެއްޗެކެވެ. އެ ބަޅުކޮށްލެވިދާނެއެވެ. އެހެނަސް މުގުރައެއް ނުލެވޭނެއެވެ. އެހެނަސް މޫތަކަށް ފެން ނުލިބޭކަމުގައި ވަނީނަމަ ކިތަންމެ ވަރުގަދަ ގަހެއްވެސް ބަލިކަށިވެއެވެ.
(M- MUTUAL RESPECT) އިޙްތިރާމެއް ނެތް ލޯތްބަކީ ވޭނެކެވެ. ބައެއް މީހުން އެމީހުންގެ ބައިވެރިޔާ އާންމުންގެ ތެރޭގައި ފަލީހަތް ކޮށްލާފަވެސް އެކަނި ވާ ވައުތު އިންޓިމިސީ އަށް އުއްމީދު ކުރެއެވެ. ނޫނެކެވެ. ޒަޚަމް ވެފައިވާ ހިތަކުން އެ ފުރުސަތެއް ހުޅުވައެއް ނުލާނެއެވެ. އިޙްތިރާމް ކުރުމަކީ ބިރުގަތުމެއް ނޫނެވެ. އެއީ ޝަރަފެކެވެ. އެއީ ތިބާގެ ބައިވެރިޔާގެ ޤަދަރު ހިފެހެއްޓުމެވެ.
އިޙްތިރާމް ނެތް ގެއެއްގައި އަސަރުތަކަކަށް ފުރުސަތެއް ނޯއްނާނެއެވެ. ދުލަކު ކަށްޓެއް ނުހުރެއެވެ. އެހެނަސް އެ ދުލުން ތިބާގެ ހިތް ކުދިކުދި ކޮށްލެވޭނެއެވެ. ތިބާ ބުނާ ބަހަކުން އިންޓިމިސީއަށް ފުރުސަތު ލިބިގެންވެސް ހިނގައިދާނެއެވެ، ނުވަތަ އެ ވަޅުލެވިގެންވެސް ހިނގައިދާނެއެވެ.
(A- AFFACTION) ކޮންމެ ކައިވެންޏަކީ ވެސް އަސަރުތަކަށް ބެނުންވެފައިވާ އެއްޗެކެވެ. ހިތްހެޔޮ ބަހެއް ނުވެއެވެ، އަރާމެއް ނުވެއެވެ، ޝުކުރުވެރި ވުމެއް ނުވެއެވެ، އަދި އޯގާތެރިކަމުގެ ބީހުމެއްވެސް ނުވެއެވެ. ގަޔާވުމަކީ ބަލިކަށިވުމެއް ނޫނެވެ. އެއީ އަސަރުތަކަށް ދެވޭ ކާނާއެކެވެ.
ބައެއް މީހުން ވަރަށް ހިތްވަރު ގަދަކަމަށް ހެދިގެން އުޅޭނެއެވެ. އެހެނަސް ލޯތްބާއި އޯގާތެރިކަމަށް އެމީހުންގެ ހިތުން އެދެވޭނެއެވެ. ވިއްސާރަ ވެހެނީ އެންމެ ފުރާޅަކަށް އެކަންޏެއް ނޫނެވެ. ކޮންމެ ހިރަކަށްވެސް އަޅާލުން ބޭނުންވެއެވެ.
(C- COMMUNICATIO ކައިވެނީގައި ހަނުހުރުން އެއީ ވަރަށް ނުރައްކާ ކަމަކަށް ވެގެން ދެއެވެ. ދެމަފިރިން އެކުގައި ވާހަކަދެއްކުން ހުއްޓޭހިސާބުން ކުށްހީތައް އުފެދެން ފަށައެވެ. ގިނަ ދެބަސްވުންތައް އުފެދެނީ ނަފްރަތަކުން ނޫނެވެ. އެހެނަސް ވާހަކަ ދެކެވުމުގައި އަންނަ ނިކަމެތި ކަމަކުންނެވެ.
އިންޓެމިސީ އުފެދިގެން ދަނީ ހިއްސާކުރާ ވާހަކަތައް އަޑުއަހާތަނެއްގައެވެ. ހަމައެކަނި ތިބާގެ ބައިވެރިޔާގެ ވާހަކަތައް އެކަނި އަޑު ނާހާށެވެ. އެ ވާހަކަތަކާ އެކު އެމީހުންގެ ރިހުމާއި، ބިރުވެރިކަމާއި، އަސަރުތައްވެސް އަޑު އަހާށެވެ. ކައިވެންޏަށް ދެ ފަރާތުގެވެސް އަންޑަސްޓޭންޑިންގް ބޭނުންވާނެއެވެ.
(Y-YEAENING FOR EACH OTHER) ދެމަފިރިން އިމޯޝަނަލީ އެކަކު އަނެކަކު މަތިން ހަނދާން ވުން ހުއްޓޭ ދުވަހަކީ އިންޓިމިސީ ފަނޑުވާން ފަށާ ދުވަހެވެ. ހަޤީގީ އިންޓިމިސީގެ ސަބަބުން އިމޯޝަނަލީ ބޭނުންވުން ދިރިގެން ދެއެވެ. އަދި އެކުވެރިކަން ދިރިގެން ދެއެވެ. އަދި އިމޯޝަނަލް އެޓްރެކްޝަން ދިރިގެން ދެއެވެ.
ކައިވެންޏަކީ ނުފޫޒުގަދަ ވިޔަފާރި ޕާޓްނާ އަކަށް ވެގެން ނުވާނެއެވެ. ތިބާގެ ބައިވެރިޔާއަށް އޭނާއަށް ތިބާ ބޭނުންވާކަން އިހްސާސް ކުރެވެން ޖެހޭނެއެވެ. ތިބާގެ ބައިވެރިޔާގެ ހިތަކީ އެންމެން ޖަހަން އޮތް ބެރެއް ނޫނެވެ. ކައިވެނީގައިވާ އިމޯޝަނަލް ކަނެކްޝަން ރައްކާތެރި ކުރާށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް