ޢާއިޝަތު ރަފާޙް ޢަލީ
ތިބާ ﷲގެ ޙަޟްރަތަށް ޙާޟިރުވާނީ ކޮން ސިފައެއްގައި ހުރެގެން ހެއްޔެވެ؟ ފަތިސް ނަމާދު ގެއްލުވާލައިގެން ހުރެ ތިބާ އެކަލާނގެއާ ބައްދަލުކުރާނީ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. އެއީ ވަރަށް ބޮޑު ލަދުވެތިކަމެކެވެ. ވަރަށް ބޮޑު ލަދުވެތިކަމެކެވެ.
މިހާރު، މީހަކު ވަޒީފާއަށް ލަހުން ދާއިރު، އެމީހާ ހުންނަނީ ލަދުން، ޖެހިލުންވެފައެވެ. އަދި އޭނާގެ ވެރިޔާއަށް ނުފެންނާނެހެން ވަގަށް ބަލައިލަ ބަލައިލައެވެ.
ފަތިސް ނަމާދު އަޅައިގެން ހުރެ، ތިބާ މާތްﷲގެ ޙަޟްރަތަށް ޙާޟިރުވާނީ ކިހިނެއް ހެއްޔެވެ؟ ކޮން ފަދަ ގޮތަކަށް ހެއްޔެވެ؟ ފަތިސް ނަމާދަށް ނުދެވުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ އަދި އޭ އަޚާއެވެ! ތިބާ ފަތިސް ނަމާދަށް ނުދެވުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. ހަމަގައިމުވެސް ސަބަބެއް ނެތިއެއް ނުދާނެއެވެ.
މިހާރު ބައެއް މީހުން ވަރަށް ލަސްވާފަހުން ގިނައިން ކައިހަދައެވެ. އޭގެ ސަބަބުން އެ ކެއުން ބަރުވެ، ސިކުނޑިއަށާއި ހަށިގަނޑަށް ބާރުބޮޑުވެ، ހޭލަން އުނދަގޫވެއެވެ.
އޭ ފަތިސް ނަމާދަށް ލަސްވާ މީހާއެވެ! ފަތިސް ނަމާދަށް ލަސްވާ މީހާއެވެ! ތިބާ ޙަޤީޤަތުގައިވެސް ފަތިސް ނަމާދަށް ޝައުޤުވެރިކަމެއް ނެތީ ހެއްޔެވެ؟ މާނައަކީ، މިހާރު ބައެއް މީހުން އެލާމް ގަޑިއެއް ނެތިވެސް ހޭލައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ނިދުމުގެ ކުރިން، ފަތިސް ނަމާދަށް ކޮންމެހެންވެސް ހޭލަންޖެހޭނެކަން އަމިއްލަ ނަފްސަށް ކަށަވަރުކޮށްދީފައި ވާތީއެވެ. ފަތިސް ނަމާދަށް ނުހޭލެވެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމާ އޭނާ ކަންބޮޑުވެ ހިތާމަކުރެއެވެ. ސުބުޙާނަﷲ!
ނަމަވެސް އެހެން ބައެއް މީހުންނަށް، ނޫނެކެވެ، އެއީ މައްސަލައެއް ނޫނެވެ. ހޭލެވިއްޖެއިއްޔާ ކުރަނީއެވެ. ނުހޭލެވިއްޖެނަމަ، ކޮންމެވެސް އެހެން ވަގުތެއްގައި ނަމާދުކޮށްލަނީއެވެ. އޭ އަޚުންނޭވެ! މާތްﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށިއެވެ! މިއީ ވަރަށް ބޮޑު ނުބައި ގޮތެކެވެ. ހޭލުމަށްޓަކައި ބޭނުންކުރެވިދާނެ ގިނަ ވަސީލަތްތަކެއް އެބަހުއްޓެވެ.
މިހާރު، ކޮންމެ މީހެއްގެ އަތުގައި ނުވަތަ ޖީބުގައި ފޯނެއް އޮވެއެވެ. އަދި އެ ފޯނުގައި އެލާމް ގަޑިއެއްވެސް އިނދެއެވެ. މިސާލަކަށް އެލާމެއް އަޅައިނުލަނީ ކީއްވެގެން ހެއްޔެވެ؟
މާނައަކީ، ފަތިސް ނަމާދު ކުރުމަށްވުރެ ހޭލައި ހުރުން ވަކިން ހެޔޮކަން ބޮޑީ ހެއްޔެވެ؟ މީސްތަކުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށްވުރެ، މީސްތަކުންނަށް ބެލުން ވަކިން ހެޔޮކަން ބޮޑީ ހެއްޔެވެ؟ ސުބުޙާނަﷲ! އެހެންކަމުން، މިކަން އޮތީ ތިބާގެ އަތްމަތީގައެވެ.
- ޝައިޚް އަޒީޒް ބިން ފަރުޙާން އަލްޢަންޒީގެ ދަރުސަކުން
-- މިއަދުނޫސް