ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމަށް ބާއްވާ ރީފައިނޭންސިންގ ހަފްތާ ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމަށް ބާއްވާ ރީފައިނޭންސިންގ ހަފްތާ ކުރިއަށް

އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް "ރީފައިނޭންސިންގ ހަފްތާ" ފަށައިގެން ދަނީ ކުރިއަށެވެ.  

ރީފައިނޭންސިންގ ހަފްތާގެ މަގުސަދަކީ، ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު މި ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކޮށް، މި މަރުހަލާ ފުރިހަމަކުރުމެވެ. މިގޮތުން، ކަސްޓަމަރުންނަށް ވަގުތުން އައު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

މި މަސައްކަތަކީ އެސްއެމްއީ ޑިޖިޓަލް އިން ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތެކެވެ. ކޮންވެންޝަނަލް ލޯނަކުން އިސްލާމިކް ފައިނޭންސް ފެސިލިޓީއަކަށް ބަދަލުވުމުން ކަސްޓަމަރުންނަށް ލިބޭ ފައިދާތަކެއްވެއެވެ. މިގޮތުން ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވުން ހިމެނެއެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ނަގާފައިވާ އެއްވެސް ފައިނޭންސިންގ ފެސިލިޓީ އަކަށް ގަވާއިދުން ފައިސާ ނުދައްކާނަމަ އެ ފަރާތެއްގެ ބޭންކިންގ ހިދުމަތްތައް މެދުކެނޑޭނެއެވެ. މި ބަދަލު 1 ނޮވެމްބަރު 2026 ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. އަދި ފެސިލިޓީއަށް އެ މަހަކު ދައްކަންވާ ފައިސާ އަނބުރާ ދެއްކުމުން، 1 ދުވަސް ތެރޭގައި ހިދުމަތް އަނބުރާ ލިބޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ ހަފްތާ އޮކްޓޫބަރު މަހުގެ 22ގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލްގެ ކޯޕަރޭޓް ހެޑް އޮފީސް، މ. ކަނީރުވިލާގައި ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން