ތިބާއަށް ނުހޭލެވުމުގެ ސަބަބުން އިރުއަރާފަހުން ފަތިސްނަމާދުކުރިޔަސް ފުރަތަމަ އިހުސުންނަތް ކުރާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ތިބާއަށް ނުހޭލެވުމުގެ ސަބަބުން އިރުއަރާފަހުން ފަތިސްނަމާދުކުރިޔަސް ފުރަތަމަ އިހުސުންނަތް ކުރާށެވެ!

ފަތިސްނަމާދުގެ ވަޤުތުގައި ނުހޭލެވިގެން އިރުއަރާފަހުން ޤަޟާއަށް ކުރިނަމަވެސް ފުރަތަމަ ފަތިސްނަމާދުގެ  އިހުސުންނަތްކުރާށެވެ!  

ރަވާތިބް ސުންނަތްތަކަކީ ޤަޟާކުރެވޭނެ ނަމާދުތަކެކެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރުފުޅެއްގެ މަތީގައި އުޅުއްވެވިނަމަވެސް ފަތިސްނަމާދުގެ އިހުސުންނަތް ނުކުރައްވަވާ ދޫކޮށެއް ނުލައްވަވައެވެ. އެކަމުންވެސް އަންގައިދެނީ ފަތިސްނަމާދުގެ އިހުސުންނަތުގެ މުހިންމުކަން ބޮޑުކަމެވެ.  

"ރަސޫލް (ﷺ) އަށް ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭގެ ފަތިސް ނަމާދު ކުރެއްވެވީ އިހު ސުންނަތް ކުރެއްވެވުމަށްފަހުގައެވެ. ވީމާ އަހަރެމެންވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ފަތިސް ނަމާދު އެކަނި ކުރި ނަމަވެސް ފުރަތަމަ އިހުސުންނަތްކުރާށެވެ  

ފަތިސް ނަމާދަށް ނުހޭލެވިގެން ޤަޟާއަށް ކުރަންޖެހުނު ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ އިހުސުންނަތުގެ 2 ރަކްއަތް ކުރުމެވެ. ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތުގައި ހިފަހައްޓަން މަސައްކަތްކުރާށެވެ!

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން