ހެޔޮލަފާ އަނބިން ނިކަމެތިކޮށް ހިތުގަ ޖެއްސުވުމަކީ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ބަރަކާތް ކެނިގެންދާ ކަމެއް! އުސްތާޛާ މަރްޔަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހެޔޮލަފާ އަނބިން ނިކަމެތިކޮށް ހިތުގަ ޖެއްސުވުމަކީ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ބަރަކާތް ކެނިގެންދާ ކަމެއް! އުސްތާޛާ މަރްޔަމް

ބައެއް ފިރިހެނުންނަށް އަމިއްލައަށް  ލބިގަނެވޭ ވަރަށް ބޮޑު ދެރައެއް ފާހަގަކޮށްލާނަމެވެ. އެއީ ޙަޔާތަށް ހެޔޮލަފާ އަންތބަކު ލިބުމުން އެކަން ބަލައިނުގަނެވޭ ކަމެވެ. މިބުނަނީ އޭނާއަށް ދޭންޖެހޭނެ ޤަދަރާއި އިޙްތިރާމް ނުދީ ހިތުގައި ޖައްސުވާ ވާހަކައެވެ.  

ބުނަންހެއްޔެވެ؟ ހެޔޮލަފާ އަނބިންނަކީ ދަތިޙާލުގައިވެސް ތިބައާއިއެކު ކެތެތރިވާނ ބައެކެވެ. ވަފާތެރިވާނެއެވެ. އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރާނެއެވެ. އިޤްޠިޞޯދުކުރާނެއެވެ. ތިބާއަށްޓަކައި ހެޔޮދުޢާކުރާނެއެވެ. ކިޔަމަންތެރިވާނެއެވެ.  

އެފަދަ އަންތބަކު ލިބިއްޖެނަމަ އެއީ ޢުމުރަށް ތިމާއަށް ލިބުނު މުދައުގަނޑެއްކަމަށް ނުދެކޭށެވެ. އޭނާއާއިމެދު ކޮންމެ ގޮތަކަށް ކަންތައްތައް ކުރިނަމަވެސް ފުދިގެން އިންނާނެކަމަށްވެސް ހީނުކުރާށެވެ. ނުއިންނާނެއެވެ. އެކަނިވެރިވެއްޖެނަމަ މާރަނގަޅު ގޮތްތައް މެދުވެރިވާނެ ކަމުގެ ޔަޤީންކަން އެކަނބަލުންނަށް އޮންނާނެތީއެވެ.  

އެފަދަ ކަނބަލުންގެ ލޮލުން އޮހޮރާ ކޮންމެ ކަރުނަތިއްކަކީވެސް ވަރަށް އަގުބޮޑު އެއްޗެކެވެ. އެއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަދި އަނިޔާވެރިންނަށް އެކަމުގެ ޢުޤޫބާތްވެސް ދެއްވަވައެވެ. ދިރިއުޅެންކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން ހުއްޓަވައިލެއްވެވުމުން ދެން ކުރިމަތިވާން ފަށާނީ މުޞީބާތްތަކެވެ.  

ވީމާ ހެޔޮލަފާ އަނބިންނަށް ހެޔޮކޮށްހިތާށެވެ! އެކަނބަލުންގެ ހެޔޮދުޢާއަށް އެދޭށެވެ. އެދުޢާގެ ސަބަބުން ތިބާއަށް ރަޙްމަތް ލައްވަވައި ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އުސްތާޛާ މަރްޔަމްގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން