ﷲ އެންގެވި މަގުން ތިބާ ނިވާވާ ފަދައިން ދަރިންވެސް ނިވާކުރުވާށެވެ! ކުޑައިރު ސަމާލުކަންދީފިނަމަ އެއީ ބޮޑުކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ﷲ އެންގެވި މަގުން ތިބާ ނިވާވާ ފަދައިން ދަރިންވެސް ނިވާކުރުވާށެވެ! ކުޑައިރު ސަމާލުކަންދީފިނަމަ އެއީ ބޮޑުކަމެއް ނޫން!

ބައެއް މައިން އެމީހުން ބުރުގާ އަޅައި އަޢުރަ ނިވާކޮށްގެންތިބޭއިރު ބާލިޣްވެފައި ތިބޭ އެމީހުންގެ ދަރިން ބުރުގާ ނާޅުވާތީ ބައެއް މީހުން ސުވާލުއުފައްދައެވެ. ބައެއް މައިން އެމީހުންނަށްވުރެ ހަށިގަނޑުން ބޮޑު ދަރިން ގޮވައިގެން މަގުމަތީގައި ހިނގާއިރު މައިން ބުރުގާ އަޅާފައި ދަރިން ނުއަޅުވައި ބައިތިއްބާތީ ކަންބޮޑުވުން ފައުޅުކުރެއެވެ.  

އެމައްސލައިގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ : "ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ. މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުޑައިރުންސުރެ ކުއްޖާގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އެކަންނުކޮށް ހުރެފައި ކުއްޖާ ބޮޑުވީމައި ނަމާދުކުރަން ބުނިނަމަވެސް އަދި ބުރުގާ އަޅަންބުނި ނަމަވެސް ކުދިން އެކަމަށް ފަސްޖެހުމަކީ ގާތްކަމެކެވެ!"  

ބައެއް ބެލެނިވެރިންނަށް ވިސްނެނީ ކުޑަކުދިންކަމަށްވުމުން ދީނުގެ ކަންކަމުގައި ދޫދިނުމަށެވެ. ކުޑަކުދިންވީމާ އޮތީ ދޫދިނުމެއް ނޫނެވެ. ލުއިކުރުމެވެ. މަޑުމަޑުން ހާނުވަމުން ގެންގޮސް ބާލިޣްވާންވާއިރަށް ނަމާދުކުރަން އާދަކުރުވުމެވެ. އަޢުރަވެސް ނިވާކުރުވުމެވެ. ދަރިންނަށް ހެޔޮ އެދުމަކީ އެއީއެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން