ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް: މާކެޓް ޕްލޭސްގައި 130 އަށްވުރެ ގިނަ ފަރާތް!

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް: މާކެޓް ޕްލޭސްގައި 130 އަށްވުރެ ގިނަ ފަރާތް!

މިއަހަރު ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026"ގެ މާކެޓް ޕްލޭސް ޑިސްޓްރިކްޓަށް ބޮޑު ތަރުހީބެއް ލިބި، 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވުޒާރާއާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީސީސީން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ އެކްސްޕޯގައިވެސް އާންމުންނާއި ބައިވެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ މާކެޓް ޕްލޭސް އަށެވެ. އަދި މި އަހަރު އެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު މާކެޓް ޕްލޭސްގައި 100 ފަރާތަކުން ބައިވެރިވިިއިރު، މިއަހަރު ވަނީ 130 އަށްވުރެ ގިނަ ފަރާތުން ރެޖިސްޓްރީވެފައެވެ.

މިއަދު އޮންލައިން