ވިއްސާރަ ދުވަސްވަރާ ގުޅިގެން ޑެންގީ ހުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވިއްސާރަ ދުވަސްވަރާ ގުޅިގެން ޑެންގީ ހުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތީ ވިއްސާރަ ދުވަސްވަރަކަށްވާތީ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ދުރާލައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކުރި ގޮތުގައި، ވާރޭވެހި ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީ، އިމާރާތްކުރަން ބޭނުންކުރާ ސާމާނު، ބޭނުންނުކުރާ ޓަޔަރު، އަދި ޕްލާސްޓިކް ފުޅިއާއި ދަޅުފަދަ ތަކެއްޗަކީ އެންމެ ގިނައިން މަދިރި އާލާވާ ތަންތަނެވެ. މިއާއެކު، ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމުންނާއި ރަށްރަށުގެ ކައުންސިލްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މަދިރި ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން އެކި ސަރަހައްދުތަކުން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އިތުރުން ފޮގުކުރުމުގެ މަސައްކަތްތައް އަންނަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން