ޢިބްރަތްތެރި ވާހަކަ: ތެދުވެރިކަމުގަ ޘާބިތުވުމުން ހަދިޔާއަކަށް ވެރިމީހާގެ ހުރި އެންމެ ދަރިފުޅާ ކައިވެނިކުރެވުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ވާހަކަ: ތެދުވެރިކަމުގަ ޘާބިތުވުމުން ހަދިޔާއަކަށް ވެރިމީހާގެ ހުރި އެންމެ ދަރިފުޅާ ކައިވެނިކުރެވުނު ޒުވާނެއްގެ ވާހަކަ-

އިހްޞާނަކީވެސް އެކުންފުނީގެ މުވައްޒިފެކެވެ. އިޙްޞާނަކީ ތެދުވެރިއެކެވެ. ބުނާ ބަހުގައި އެކަންޏެއް ނޫނެވެ. ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއްގައިވެސް ތެދުވެރިއެވެ. ފައިސާއަށްވެސް ތެދުވެރިއެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކައުންޓްސްގެ އިސް މުވައްޒިފެއްގެ މަޤާމު ލިބުނެވެ.  

އެއްދުވަހަކު ވެރިމީހާ އޭނާ ގެންގޮސް ދަބަހެއް ޙަވާލުކޮށްފައި ބުނީ އޭގައި ހުންނާނީ އެއް މިލިއަން ރުފިޔާ ކމަށާއި ފައިސާ ގެންގޮސް އޭނާގެ އަނބިމީހާއާއި ޙަވާލުކުރުމަށެވެ. ދަބަސްހިފައިގެން ކެބިނަށް ގޮސް ބެލިއިރު 1.2 މިލިއަން ރުފިޔާ ހުއްޓެވެ. މާނައަކީ ދެލައްކަ ރުފިޔާ އިތުރެވެ.  

އެކަން އެނގުމުން ދަބނަސް ހިފައިގެން ވެރިމީހާގެ ގާތަށް ގޮސް އެވާހަކަ ބުނުމުން އިނާމު ބަލައި އެރޭ 8.30 އަށް ވެރިމީހާގެ ގެއަށް ދިއުމަށެވެ. އިޙްޞާން ބުނީ ތެދުވެރިވުމަކީ  އިނާމުދޭންޖެހޭ ކަމެއް ނޫންކަމަށާއި ބަދަލުގައި އެއްވެސް އިނާމެއް ބޭނުން ނޫންކަމަށެވެ. ނަމަވެސް ވެރިމީހާ ބުނީ ކޮންމެ ގޮތަކުން ނަމަވެސް އިނާމު ޙަވާލުކުރަން ބޭނުންވާ ކަމަށެވެ.  

އިޙްޞާން އެގަޑިއަށް ދިއުމުން މަރުޙަބާ ކިޔައި ގެއަށް ވައްދާފައި ދަޢުވަތުދިނީ ކެއުމަށެވެ. ކެއުމުގައި ވެރިމީހާގެ އިތުރުން އަނބިމީހާއާއި ދަރިފުޅުވެސް ބައިވެރިވިއެވެ. ކައިނިމިގެން ސިޓިންގ ރޫމްގައި ތިބެފައި ވެރިމީހާ ބުންޏެވެ. "އިޙްޞާންއެވެ! އަހަރެންގެ ހުރި ހަމައެކަނި ދަރިއައީ ޒީނާއެވެ. ޒީނާގެ ޢުމުރުން މިހާރު 25 އެވެ. ކައިވެނިކުރުވަން ބޭނުންވީ ތެދުވެރިއަކާއިއެވެ. ޒީނާ ދެއްކި ދެ މީހަކުވެސް އިމްތިޙާންކޮށްފީމެވެ. އޮފީހުގެ އިތުރު 4 މީހަކުވެސް އިމްތިޙާންކޮށްފީމެވެ. އެންމެންވެސްވީ ފޭލްއެވެ. އެކަމަކު އެކިފަހަރުމަތިން އިޙްޞާން އިމްތިޙާނުކުރިމާވެސް ފާސްވެއެވެ. މިއަދަކީވެސް އެފަދަ އިމްތީޙާނެއް ކުރެވުނު ދުވަހެވެ.  

އިޙްޞާންގެ ދިރިއުޅުންވެސް އެނގެއެވެ. މަންމައާއި ކޮއްކޮ ގޮވައިގެން ދިރިއުޅޭ ދަތިޙާލުވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް އެބަ ތެދުވެރިވަމުއެވެ. ޒީނާ އެއިނީ ރުހިގެންނެވެ. އަހުރެމެން ދެމަފިރިން މިތިބީ ރުހިގެންނެވެ. ދެން ހުރީ އިޙްޞާންއެވެ. އިޙްޞާން ރުހޭނަމަ ކައިވެނިކޮށް ކުންފުނި ހންގުމާއި ދެމަފިރިން ޙަވާލުވާންވީއެވެ. ބައްޕައަށް ޕެންޝަންދޭންވީއެވެ." ` 

ބައްޕަގެ ހުށަހެޅުން އިޙްޞާން ޤަބޫލުކުރިއެވެ. އެއީ އޭނާގެ ޙާލު އެނގިހުރެ ކައިވެނިކޮށްދޭން ނިންމުމުންނެވެ. އެކައިވެނި ކުރެވި 7 އަހަރުވީއެވެ. ދެމަފިރިންނަކީ ހަމައެކަނި ޙަޔާތުގެ ބައިވެރިންނެއް ނޫނެވެ. މަސައްކަތުގައިވެސް ބައިވެރިންނެވެ. ބައްޕަގެ މަސައްކަތަކީ އިރުޝާދުދިނުމެވެ. ކުންފުނި ހިންގުމުގެ އެއްވެސް ކަމަކާ ނުބެހެއެވެ.  

މިއީ އަޅުގަނޑުގެ އެކުވެރި އިޙްޞާނަށް ކާމިޔާބު ދިރިއުޅުމެއް ލިބުނު ގޮތެވެ. އޭނާގެ ތެދުވެރިކަމަށް އަގުލިބުނު ގޮތެވެ. އަޅުގަނޑު އުންމީދުކުރަނީ އިޙްޞާންގެ ތެދުވެރިކަމުން އެންމެންވެސް ޢިބްރަތް ޙާޞިލުކުރުމެވެ. އެންމެންނަކީވެސް ތެދުވެރިނަކްމުގައިވުމެވެ. ތެދުވެރިކަމަށް ﷲ ދެއްވަވާނެ ނިޢުމަތުން ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން