ކައިވެނި ރޫޅުމުން އަންނަ ރުޅީގަ ދަރިންގެ ކަންކަން ނުބެލެހެއްޓުމާ ބަލަހައްޓަން ހުރަސްއެޅުމަކީވެސް ކުރެވިގެންވާނެ ކަންކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކައިވެނި ރޫޅުމުން އަންނަ ރުޅީގަ ދަރިންގެ ކަންކަން ނުބެލެހެއްޓުމާ ބަލަހައްޓަން ހުރަސްއެޅުމަކީވެސް ކުރެވިގެންވާނެ ކަންކަމެއް ނޫން!

ކޮންމެ ސަބަބެއް ކުރިމަތިވެގެން ކައިވެނި ރޫޅުނަސް ދަރިންނާއި ބައްދަލުކުރުމުގެ ޙައްޤު މަންމައަށާއި ބައްޕައަށްވެސް އޮންނަންޖެހޭނެއެވެ. އެއީ ދަރިންނަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ކައިވެނި ރޫޅުމަށްފަހު އެޙައްޤަށް ހުރަސް އަޅައިގެންނުވާނެއެވެ. އެއީ އަހުރެމެންގެ ދީން ވެސް ހުއްދަކުރާ ގޮތެއް ނޫނެވެ. ދީނުގައި އޮތީ ކައިވެނި ރޫޅުނަސް ދަރިންގެ މަސްއޫލިއްޔަތު އަދާކުރުމެވެ. ހަމަ އެފަދައިން ކައިވެނި ރޫޅުމުން އަން ރުޅީގައި ދަރިންގެ ޙައްޤުތައް އަދާނުކުރުމެއްވެސް ނެތެވެ. އެއީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

އެކަންކަމަށް ވިސްނާނުލައި ކަންކަންކުރެވޭތީ ކިޔުންތެރިންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ނަޞޭޙަތުގެ ގޮތުން ބުނެލަން އޮތީ: 

"ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭ. ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއް. އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭ!"

- ޝައިޚް އިބްރާހީމް ރަޝީދު ޙަސަން  

ޝައިޚް ވިދާޅުވެފައިވާ މި ބަސްފުޅުގައި ފާހަގަކުރައްވާފައިވަނީ 3 ކަމެކެވެ.  

1 ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭކަން. 

2 ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއްކަން. 

3 އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭކަން. 

މި 3 ކަމަކީވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބައަކު ނަމަވެސް ކުރިމަތިކުރުވާ ނުވަތަ ކުރަމުން ގެންދާ ކަންކަމެވެ. އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ.

މިއަދު އޮންލައިން