ހަރުކަށިކަމާއެކު މުޢާމަލާތުކޮށްގެން ދެމަފިރިންގެ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް ހީވެސް ނުކުރާތި! ނިކަން މިގޮތް ތަޖުރިބާކޮށް ތަފާތު ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހަރުކަށިކަމާއެކު މުޢާމަލާތުކޮށްގެން ދެމަފިރިންގެ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް ހީވެސް ނުކުރާތި! ނިކަން މިގޮތް ތަޖުރިބާކޮށް ތަފާތު ބަލައިލަބަލަ!

އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ މީހުންގެ ވާހަކަތަކުންވެސް އެނގެނީ ހަރުކަށިކަމާއިއެކު މުޢާމަލާތުކޮށްގެން ދެމަފިރިންގެ މައްސަލަތައް ޙައްލުނުކުރެވޭ ކަމެވެ. އަދި ދަރިންވެސް ތަރުބިއްޔަތު ނުކުރެވޭ ކަމެވެ.  

މިއީ ޙައިޜާންވާންޖެހޭ ކަމެއް ނޫނެވެ. އެނުބައި ނުލަފާ ފިރުއަޢުނާއި މުޢާމަލާތުކުރައްވަވަން ﷲ ތަޢާލާ މޫސާގެފާނަށް އެންގެވި ބަސްފުޅަށް ވިސްނައިލާށެވެ! ވަޙީކުރެއްވެވީ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރެއްވެވުމަށެވެ. ސަބަބުވެސް އެނގެން އެބައޮތެވެ. އެއީ އެކަމުން ފިރުއަޢުނަށް ހެޔޮ ވިސްނުން ލިބިމުގެ ފުރުޞަތު ބޮޑުވީމައެވެ.

މިދެއްކުނީ އެނުބައި ނުލަފާ ފިރިއަޢުނުގެ ވާހަކައެވެ. އަންނަ ރުޅީގައި އަހުރެމެން ކިތަންމެ ނުބައިކޮށް ބުނިނަމަވެސް އަހުރެމެން އެކަކީވެސް ނުބައިކަމުގެ ގޮތުން ފިރުއަޢުނާއި އަޅުވައިލެވޭނެ ބައެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު މިކަމަށް އިތުރަށް ވިސްނަން ނުޖެހޭށެވެ!  

ބަލަންވީ ރުޅިއައުމުން ނުބައިބަސްތައް ބުނެ ހަރުކަށިކޮށް މުޢާމަލާތުކުރަނީ ކާކުކަމެއް ނޫނެވެ. ބަލަންވީ ދެމީހުންކުރެ އެކަކުވެސް އެކަން ނުކުރުމަށެވެ. މަސައްކަތްކުރަންވީ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަށެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް މުޢާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރާނަމަ އަނެކާއަށް ކުރާނެ އަސަރު ބާބޮޑުވާނެއެވެ. ތިއަކުރީ ބޮޑު ކުށެއް ކަމަށް ބުނުމުގެ ބަދަލުގައި ނިކަން ތިއަގޮތަށް ކަންކަން ކުރުމުން ވަރަށް ދެރަވެއްޖެ ކަމަށް ބުނެބަލާށެވެ! ތިއަގޮތަށް ކަންތައް ކޮށްފިނަމަ ކައިވެނި ރޫޅައިލާނެކަމުގެ އިންޒާރު ދިނުމުގެ ބަދަލުގައި ދެން ތިއަ ގޮތަށް ކަންތައް ނުކުރާނެކަމަށް އުންމީދުކުރާކަމަށް ބުނެބަލާށެވެ! ބޮޑުތަނުން ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން