މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހަކަށް ދީފައިވާ ޙަދިޔާއެއް އަތުނުލާށެވެ! އެހެނީ ޙަދީޘްފުޅުގައި އޮތީ ދީފި ހަދިޔާއެއް އަނބުރާ އަތުލުމަކީ ކުއްތާ ހޮޑުލާފައި އެހޮޑު އޭތި ކެއުން ފަދަ ކަމެއް ކަމަށެވެ.
Abdullah b. Tawus reported on the authority of his father who reported from Ibn Abas (Allah be pleased with them) who reported from Allah's Messenger 'may peace be upon him) that he said:
One who gets back his gift is like a dog which vomits and then swallows that vomit.
Reference
: Sahih Muslim 1622g
އެހެން ރިވާޔަތެއްގައިވަނީ:
"ޞަދަޤާތުގެ ގޮތުގައި ދިނުމަށްފަހު އަނބުރާ ލިބިގަތުމަކީ ކުއްތާއެއް ހޮޑުލުމަށްފަހު އެ ހޮޑު ކެއުން" ފަދަ ކަމެއް ކަމަށެވެ. އަދި "ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެއް ކިތަންމެ ކުޑަ އަގެއްގައި ނަމަވެސް އަނބުރައި ގަނެގެންވެސް ނުވާނެ" ކަމަށެވެ. ޞަހީހް މުސްލިމް: 3950
ބައެއް މީހުން ރުޅި އައުމުން ކުރިން އެމީހަކަށް ދީފައި ހުންނަ ހަދިޔާއަތުލައެވެ. އަނބިންނަށް ދޭ ހަދިޔާ ވެސް އަތުލައެވެ. އެއް ގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ! ހަދިޔާކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ. ހަދިޔާ ކުރުމަށްފަހު އަލުން ގަނެގެންވެސް އަނބުރައި ލިބިގަތުމެއް ނުވެއެވެ. އެކަން ރަސޫލް (ﷺ) ވަނީ މަނާކުރައްވަވައިފައެވެ.
އަނބިދަރިންނަށްވެސް ޢާއިލާގެ އެހެން މީހުންނަށް ތަކެތި ހަދިޔާކުރަންވީ ﷲ ތައާލާއަށްޓަކައެވެ. އެއިރުން އެ ހަދިޔާ ބަދަލުވެގެން އެދަނީ ޞަދަޤާތަކަކަށެވެ. މިއީވެސް އަހަރެމެންނަށް ސަވާބު އިތުރުކުރުމަށް ފަހިކޮށްދެއްވަވާފައިވާ ފަސޭހަ މަގެކެވެ.
ވީމާ އެއްވެސް މީހަކަށް ހަދިޔާއެއް ދިނުމަށްފަހު އަނބުރައި އަތުނުލާށެވެ! އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ބައެއް މީހުންނަށް އެކަން ކުރެވެނީ އެކަމުގައި ހުރި ނުބައިކަން ނުއެނގޭތީ ކަމަށްވެދާނެއެވެ. ވީމާ މިޙަދީޘްފުޅު ބަލާށެވެ!
‘Abdullāh ibn ‘Abbās (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: "The one who takes back the gift he has given to someone is like one who eats his vomit." In another wording: "The one who takes back the charity that he gave is like a dog that vomits then eats its vomit." Sahih/Authentic. - [Al-Bukhari and Muslim]
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުން:
https://hadeethenc.com/en/browse/hadith/6074