އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ތަނަވަސްކަމަކީ ކޮބައިކަން ގިނަ ބައަކަށް ނުވެސް އެނގޭ! ޔަޤީނުންވެސް އެއީ ފައިސާގެ ތަނަވަސްކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ތަނަވަސްކަމަކީ ކޮބައިކަން ގިނަ ބައަކަށް ނުވެސް އެނގޭ! ޔަޤީނުންވެސް އެއީ ފައިސާގެ ތަނަވަސްކަމެއް ނޫން!

ފައިސާ! ފައިސާ! ކިޔަމުންގޮސް މިއަދު ގިނަ ބައަކަށް ޤަބޫލުކުރެވެނީ ތަނަވަސްކަމަކީ ފައިސާ ކަމަށެވެ. އެއް މާނައެއްގައި އެއީ ރަނގަޅު މާނައެއް ކަމަށްވެސް ބެލިދާނެއެވެ. ނަމަވެސް ޒަވާޖީޙަޔާތުގައި އެމާނަ ރަނގަޅެއް ނޫނެވެ.  

ސަބަބު މިބުނަނީއެވެ! އުފާވެރި ޒަވާޖީ ޙަޔާތަކަށް ބޭނުންވާ ތަނަވަސްކަމަކީ ފައިސާކަމަށްވާނަމަ ފުނިފުންޏަށް ފައިސާ ގެންގުޅޭ ތަނަވަސް މީހުންގެ އަނބިން ވަރިވަނީ ނުވަތަ ތަނަވަސް އަނބިންގެ ފިރިން ވަރިވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އެނގެނީ ފައިސާގެ ތަނަވަސްކަމަކީ ޒަވާޖީ ޙަޔާތަކަށް ބޭނުންވާ އެންމެ ބޮޑު ތަނަވަސްކަން ނޫން ކަމެވެ.  

ޙަޤީޤަތުގައި ޒަވާޛީ ޙަޔާތަށް ބޭނުންވާ ތަނަވަސްކަން ގުޅިފައިވަނީ ހިތާއިއެވެ. ޢަމަލުކުރާ ގޮތާއިއެވެ. ބައިވެރިޔާއަށް ވަފާތެރިވުމާއި، ރިވެތި އަޚްލާޤާއި އަނެކާއަށް އަޅައިލުމާއި ވަޤުތުދިނުން ފަދަ ކަންކަމާއިއެވެ.  

ވީމާ ޒަވާޖީ ޙަޔާތަށް ބޭނުންވާ ތަނަވަސްކަމަކީ ފައިސާގެ ތަނަވަސްކަމެއް ނޫނެވެ. މިބަޔާންކުރި ކަންކަމެވެ. ފައިށާގެ ގޮތުން ތަނަވަސްކަން ނެތްނަމަވެސް އުފަލުގައި ދިރިއުޅެވޭކަން އެއީ މިބުނި ބަހުގެ ތެދުކަން އަންގައިދޭ ކަމެކެވެ.


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން 

- މިއަދުނޫސް

 

 

މިއަދު އޮންލައިން