ޙައިޟްވެގެންހުރެ އެއްވެސް ބޭނުމަކު މިސްކިތަށް ނުއަރާށެވެ! އެއީ ހުއްދަކަމެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ޙައިޟްވެގެންހުރެ އެއްވެސް ބޭނުމަކު މިސްކިތަށް
ނުއަރާށެވެ! އެއީ ހުއްދަކަމެއް ނޫނެވެ!

 

ޙައިޟްގެ ދުވަސްވަރުގައިވެސް ކުރުން ހުއްދަވެގެންވާ އަޅުކަންކުރެވޭނެއެވެ. ޛިކުރުކުރެވޭނެއެވެ. ދުޢާކުރެވޭނެއެވެ. ނަމަވެސް ޠޯހިރުނުވެ މިސްކިތަށް ނުވަންނާށެވެ!

"ޙައިޟުވެރިއަކަށް ނަމާދެއްވެސް ނުކުރެވޭނެއެވެ. މީގެ އިތުރުން މިސްކިތަށް ވަނުމަކީ ވެސް ޙައިޟުވެރިންގެ މައްޗަށް މަނާވެގެންވާ ކަމެކެވެ."

–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ ޙައިޟުވެރިޔާއަށް މިސްކިތަށް އެރުމާއި މިސްކިތުގައި މަޑުކުރުމަކީ ހުއްދަކަމެއް ނޫން ކަމެވެ. އަދި އެއީ މަނާ ކަންކަން ކަމެވެ.  

ވީމާ އެހެން މީހަކަށް ނުވަތަ ކުދިބައަކަށް ޤުރްއާން ކިޔަވައިދިނުން ފަދަ ކަމެއް ކުރަން ނަމަވެސް ޙައިޟުވެރިޔާ މިސްކިތުގައި މަޑުކުރުން ހުއްދައެއް ނޫނެވެ. އެއީ މިސްކިތަށް އެރުމަކީ ޙައިޟުވެރިންނަށް މަނާ ކަމަކަށްވާތީއެވެ. 

 

މިއަދު އޮންލައިން