ފެނަކަ އާއި އާރްޑީސީގެ ކުރީގެ އެމްޑީން ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ފެނަކަ އާއި އާރްޑީސީގެ ކުރީގެ އެމްޑީން ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ތއްބަވަ ކުންފުނިތަކުން ވަކިކުރެއްވި މުހައްމަދު އަފީފް ހުސެއިން އާއި އިބްރާހިމް ނަޒީމް، ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.

މި ބަދަލުތަކުގެ ތެރެއިން، ފެނަކައިގެ އެމްޑީގެ މަގާމުން އިއްޔެ ވަކިކުރެއްވި އަފީފް އައްޔަންކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

އަދި އާރްޑީސީގެ އެމްޑީކަމުން މިއަދު ވަކިކުރެއްވި ނަޒީމަށް ދީފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ. ނަޒީމަކީ މީގެ ކުރިން ޔޫތު މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން