ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒުވަރު އާ، ފެނަކަ ކޯޕަރޭޝަން ހިންގެވުން ހަވާލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަޒުވަރު ވަނީ މިހާރު އައްޔަންކުރައްވާފައެވެ.
ކުންފުނީގެ ހިންގުމަށް ގެނައި މި ބަދަލާ ގުޅިގެން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު އަފީފު ހުސައިން ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހީމް ނިޠާމް ވެސް ޕީސީބީން ވަނީ އައްޔަންކޮށްފައެވެ