ހީނާމާގެއާއި ސޯސަންމަގުގައި ޕާކިން ބިލްޑިން އެޅުން: އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަން އަމާޒުހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ހީނާމާގެއާއި ސޯސަންމަގުގައި ޕާކިން ބިލްޑިން އެޅުން: އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަން އަމާޒުހިފައިފި

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހީނާމާގެއާއި ސޯސަންމަގުގައި ޤާއިމުކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. މި އިމާރާތްތައް މެދުވެރިކޮށް ހަތަރު ފުރޮޅުލީ 2600 އަށްވުރެ ގިނަ އުޅަނދަށާއި، ދެ ފުރޮޅުލީ 1000 އުޅަނދަށް ޖާގަ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މާލޭގެ ހަނި މަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް، އާންމުންނަށް ޕާކުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް 4 މަގެއް ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަގުތަކަށް ބަދަލު ގެންނާނީ އެކަމާ ގުޅޭ ދިރާސާތައް ކުރުމަށްފަހު، އާންމުންގެ ޚިޔާލުވެސް ހޯދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން