ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ހުލާސާ ބަޔާން ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ހުލާސާ ބަޔާން ހުށަހަޅައިފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ހުލާސާ ބަޔާން ހުށަހަޅައިފިއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ މި އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލައަކީ ސީދާ ކުރީގެ ރައީސްގެ އެންގެވުމުގެ މަތިން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. ދިފާއުން މައިގަނޑު ގޮތެއްގައި ބަދަލު ހޯދުމަށް ފާހަގަކޮށްފައިވަނީ އެ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށެވެ. ނަމަވެސް އެ ދިފާއަށް ރައްދުދެމުން ދައުލަތުން ވަނީ ޑޮލަރު މާރުކުރިކަމަށް ބުނާއިރު، އެ ފައިސާއަށްވާ ދިވެހި ފައިސާ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ މިފަދަ ކޮރަޕްޝަންގެ ކަންކަމަކީ ރަސްމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކަންކަން ކަމަށް ދައުލަތުން ކޯޓުގައި ފާހަގަކުރިއެވެ.

ފުއްގިރި މައްސަލައިގައި ދިފާއުގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލުކޮށްފައިވާއިރު، ދެ ފަރާތުގެ ޚުލާސާ ބަޔާންތައް ނިމުމުން ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.

މިއަދު އޮންލައިން