ލެބް ރިޕޯޓް ބޭނުންކޮށްގެން ކާބޯތަކެތި އިޝްތިހާރުކުރުން މަނާކަން އެމްއެފްޑީއޭއިން ހަނދާންކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ލެބް ރިޕޯޓް ބޭނުންކޮށްގެން ކާބޯތަކެތި އިޝްތިހާރުކުރުން މަނާކަން އެމްއެފްޑީއޭއިން ހަނދާންކޮށްދީފި

ކާބޯތަކެތި އިޝްތިހާރުކުރުމާއި މާކެޓްކުރުމުގައި، ލެބޯޓަރީތަކުން ދޫކުރާ ތަޙުލީލީ ރިޕޯޓްތަކާއި ސެޓްފިކެޓްތައް ބޭނުންކުރުން ހަރުކަށިކޮށް މަނާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަނދާންކޮށްދީފިއެވެ.

މިއަދު އެ އޮތޯރިތީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އުފައްދައި ވިއްކާ ބައެއް ކާބޯތަކެއްޗަކީ ޚާއްޞަ ސިއްޙީ ފައިދާތަކެއް ލިބޭ، ނުވަތަ ވަކި ބަލިތަކަކަށް ޝިފާ ލިބޭ އެއްޗެއްކަމަށް ދޭހަވާގޮތަށް، ލެބް ރިޕޯޓްތައް މެދުވެރިކޮށް އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، މިފަދަ އެއްވެސް ލިޔުމެއް ނުވަތަ ރިޕޯޓެއް އިޝްތިހާރުކުރުމުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މީގެއިތުރުން، އެކި ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެ ނުވަތަ ހަށިގަނޑަށް ޚާއްޞަ ބަދަލުތަކެއް އަންނާނެކަމަށް ދައްކައިގެން މާކެޓްކުރުމަކީވެސް ޤަވާއިދުގެ 7 ވަނަ އަދި 9 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެ އޮތޯރިތީން ބުނިގޮތުގައި، ކާބޯތަކެއްޗާ ގުޅުވައިގެން ދައްކާ ސިއްޙީ ވާހަކަތަކާއި މަޢުލޫމާތަކީ އިލ୍މީ ދިރާސާއަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަކަށް ވާންޖެހޭނެއެވެ. އެހެންކަމުން، މިފަދަ ތަކެތި ގަނެ ބޭނުންކުރުމުގައި ރައްޔިތުން އިތުރަށް ސަމާލުވުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އޮންލައިން