މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށްޓަކާ ކުރަންޖެހިފައިވާ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށްޓަކާ
ކުރަންޖެހިފައިވާ ދުޢާއެއް!


ގިނަ ދަރިން ﷲ ގެ މަގުން ދުރަށްދަނީ މައިންބަފައިންގެ ސަބަބުންނެވެ. އެކަން އެގޮތަށް އޮތަސް ހެޔޮލަފާ ތަޤްވާވެރިންނަށްވެސް މިމައްސަލަ އެބަކުރިމަތވެއެވެ. އެއީ ކުރިމަތިނުވެ ނުދާނެ ކަމެކެވެ. އަހުރެމެންނަށް އޮތީ އަހުރެމެންގެ ޒިންމާތައް އަދާކުރުމެވެ.  

މިހެން ބުނަން މިޖެހެނީ ކުރިމަތިވަމުން އަންނަ ތަފާތު ސަބަބުތަކާއިހުރެ ހެޔޮލަފާ ތަޤްވާވެރިންގެ ދަރިންގެ ތެރެއިންވެސް ތަޤްވާވެރިކަން ކުޑަ ދަރިންނާއި ތަޤްވާވެރިކަން އެއްވެސް ނުހުންނަ ކުދިންވެސް ފެންނަމުން އަންނާތީއެވެ. މިކަން ހުރިހާ މުޖުތަމަޢުތަކަކުންވެސް ފެންނަމުން އަންނާތީއެވެ.   

އެހެންކަމުން މިއަދުގެ ޙާލަތުގައި ހަމައެކަނި ދަރިންނަށްޓަކައި ހެޔޮދުޢާކޮށްގެން ފުދޭކަށް ނެތެވެ. އެންމެ ބޮޑު ސަބަބަކީ ތިމާމެންގެ އަމިއްލަ ދަރިން އެމީހުންގެ ދަރިންނަށްޓަކައި ދުޢާކުރާކަމުގެ ޔަޤީންކަން ނެތުމެވެ. ޒަމާނަށް ގެއްލިފައިވާވަރުން ނަމާދުކުރަން ބާރުއެޅުން ކުޑަވެފައިވާތީ ނަމާދުކުރާ ދަރިންވެސް މަދުވުމެވެ.  

"ޔާ ﷲ! އަޅަމެންގެ ދަރިންނަކީ ނަމާދުކުރާ ތަޤްވާވެރިންކަމުގައި ލައްވަވާނދޭވެ! އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިންނަކީ ވެސް ތަޤްވާވެރި ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިން އިނބަ ﷲ ގެ މަގުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަން އަޅަމެންގެ ދަރިންނަށް ދެއްވަވާނދޭވެ! އާމީން"  

މިފަދަ ދުޢާތައް ކުރައްވާށެވެ! އަމިއްލަ ޢިބާރާތުންވެސް ކުރެވޭނެއެވެ. މުހިންމު ކަމަކީ ދުޢާކުރުމެވެ. ދަރިންނަށްޓަކައި މައިންބަފައިން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން