އުންމީދުކުރަން އޮތް މަގުން އުންމީދުކުރާ މީހަކަށް މުސްތަޤްބަލާމެދު ކަންބޮޑުވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އުންމީދުކުރަން އޮތް މަގުން އުންމީދުކުރާ މީހަކަށް
މުސްތަޤްބަލާމެދު ކަންބޮޑުވާކަށް ނުޖެހޭނެ! އިން ޝާ ﷲ


ކިތަންމެ ވަރަކަށް ދެރަވިޔަސް އަދި ވިސްނިޔަސް އިއްޔެ ވެފައިވާ ކަމެއް ނުވަތަ މާޒީގައިވެނިމިފައިވާ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ މުސްތަޤްބަލް އުޖާލާކުރެވިދާނެއެވެ. އިން ޝާ ﷲ

ގިނަ މީހުން ކަންބޮޑުވަނީ މުސްތަޤްބަލުގައި ކަންކަން މެދުވެރިވާނެ ގޮތް ނުއެނގޭތީއެވެ. އެއީއަކީވެސް އެއްގޮތަކަށްވެސް ކަންތައް ބޮޑުވާންވީ ކަމެއް ނޫނެވެ. މުސްތަޤްބަލުގައި ކަންކަން ވާނީ އެމީހަކު އެދޭ ގޮތަކަށެވެ. މާނައަކީ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭމީހާއަށް ރަހްމަތް ލައްވަވާނެތެވެ.

ދެން އޮތް ސުވާލަކީ އެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެކަން އެނގެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ. އެމީހަކު ތިމަން ﷲ އާއިމެދު ވިސްނި ގޮތަކަށް އެމީހަކާއިއެކު ވޮޑިގެންވާ ކަމަށް އޮތުމުންނެވެ. ވީމާ ތިމާއަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށް ޔަޤީންކޮށްގެން ހުންނަ މީހަކަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. ޝަރުޠަކީ އެކަމަށް އެދިގެން ކުރަންޖެހޭ މަސައްކަތްކުރުމެވެ.

މިޘާލަކަށް ރިޒުޤް ދެއްވަވާނެކަމަށް ޔަޤީންކޮށްގެން ހުރިނަމަވެސް ރިޒުޤް ހޯދަން މަސައްކަތްނުކުރާ މީހަކަށް އެކަން ކާމިޔާބުވާނީ ކިހިނަކުން ހެއްޔެވެ؟ ސުވަރުގެ ދެއްވަވާނެކަން ޔަޤީންކޮށްގެން ހުރިނަމަވެސް ސުވަރުގެ ހޯދަން މަސައްކަތްނުކޮށް އެކަން ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

އަހުރެމެންނަށް އޮތީ އުފާވެރި މުސްތަޤްބަލެއް ދެއްވަވާނެކަން ޔަޤީންކޮށްގެން އެކަމަށް މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން