ޙަސަދަވެރިކަން ނެތިކޮށްލުމަށާއި އީމާންކަން ފުރިހަމަކުރަން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ސަލާމްކުރުން-

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޙަސަދަވެރިކަން ނެތިކޮށްލުމަށާއި އީމާންކަން ފުރިހަމަކުރަން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ސަލާމްކުރުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ސަލާމްކުރުން ގިނަކުރާށެވެ! ސަލާމްކުރާއިރު އެއީ ތިމާ ދަންނަ މީހަކުތޯ ނޫންތޯ ބެލުމެއް ނެތެވެ. ބައްދަލުވާ އެންމެންނަށްވެސް ސަލާމްގޮވާށެވެ!

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަވާފައިވެއެވެ. 

لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم “

މާނައީ : "ތިބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ." 

މިޙަދީޘްފުޅުން އެނގިގެންދަނީ ހިތްހެޔޮކަމާއިއެކު ސަލާމްކުރުމުން ގިނަ ކުރުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ޙަސަދަވެރިކަން ނެތިގެން ދިއުމާއި އެކަކު އަނެކަކަށް ލޯބި އިތުރުވުން ހިމެނޭ ކަމެވެ.

މިއަދު އޮންލައިން