ކައިވެނީގެ ކާމިޔާބު ގިނަ ބައަކު މިންއަޅަނީ ދެމަފިރިންގެ ރީތިކަމާއި ތަނަވަސްކަމުންނެވެ. ނަމަވެސް މިދެކަމަކީވެސް ކައިވެނި ކާމިޔާބުކޮށްދޭ ކަްނކަމެއް ނޫނެވެ. ކައިވެނީގެ ކާމިޔާބީ މުޅިން ތަފާތެވެ.
ކައިވެނީގެ ކާމިޔާބީ ގުޅިފައިވާ ކަންކަމަކީ:
- ކޮންމެ ޙާލެއްގައިވެސް ކޮންމެ ދުވަހަކުވެސް ދެމީހުން އެކުގައި ތިބުން
--މާފުކުރުމަށް އަވަސްވެގަތުން،
- އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުން،
- އަނެކާއަށް ރަޙުމްކުރުން،
- އަޅުކަންކުރުމުގަ އެކަކު އަނެކަކަށް އެހީތެރިވެދިނުން،
- ކުރިމަތިވާ ކޮންމެކަމެއް ޙައްލުކުރަން ދެމީހުން މަސައްކަތްކުރުން،
- ދެމީހުންގެ މެދުގައި ލޯބި ފަނޑުވެދާނެ އެއްވެސް ކަމެއް އެކަކުވެސް ނުކުރުން ފަދަ ކަންކަމާއިއެވެ.
ދެމަފިރިން މިގޮތުގައި ތިބޭނަމަ އެދެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. ނަތީޖާއަކަށްވާނީ ދެމީހުންގެ މެދުގައި ލޯބިއިތުރުވަމުންދިއުމާއި ޒަވާޖީޙަޔާތް ބާއްޖަވެރިވެ އުފާވެރިވަމުން ދިއުމެވެ. ދިރިއުޅޭ ގޭގައި އޮންނާނީ ޞުލްޙައާއި އަމާންކަމެވެ.
މިއިން އެއްވެސް ނިޢުމަތަކީ ދެމީހުން ރީތިވެގެން އަދި ތަނަވަސްވެގެން ހޯދެންހުރި ނިޢުމަތްތަކެއް ނޫނެވެ. މިނިޢުމަތްތައް ޙާޞިލުކުރެވޭނީ ކުރިން ބުނި ކަންކަމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން