ކަނބަލުންނަށް ޚާއްޞަ: ލޯބިވާކަމަށް ބުނަމުންނަމަވެސް އަދި މަޖުބޫރުކުރުވައިގެން ނަމަވެސް ފާފައެއް ކުރުވުމަކީ އެމީހަކާ ކައިވެނިކުރަންވެސް އަދި އަޅުވެތިވާންވެސް ޖެހޭ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކަނބަލުންނަށް ޚާއްޞަ: ލޯބިވާކަމަށް ބުނަމުންނަމަވެސް އަދި މަޖުބޫރުކުރުވައިގެން ނަމަވެސް ފާފައެއް ކުރުވުމަކީ އެމީހަކާ ކައިވެނިކުރަންވެސް އަދި އަޅުވެތިވާންވެސް ޖެހޭ ކަމެއް ނޫން!

ލޮބުވެތި އަންހެން ދަރިންނޭވެ! ތިބާ ލައްވައި ފާފައެއް ކުރުވުމަކީ އެއްވެސް ޙާލެއްގައި އެކަން ކުރުވި މީހާ އާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ނޫނެވެ. އަދި އެމީހަކަށް އަޅުވެތިވެ އެމިހާގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ.  

ޝައިޠޯނުން ދޭ ނުބައި ވަސްވާސްތަކުގެ ސަބަބުން މިހާރަކަށް އައިސް ބައެއް އަންހެން ކުދިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ލައްވައި ފާފައެއް ކުރުވައިފިނަމަ އެއީ އެމީހަކާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ކަމަށެވެ. އަދި ބައެއް ފަހަރު ކައިވެނިނުކޮށް އެފަދަ މީހުންގެ އަޅުންނަށްވެސް އެބަވެއެވެ.  

ފާފައެއް ކުރެވިއްޖެ ނަމަ ފުރަތަމަވެސް އެކަމަށް ބިރުވެތިވެ ތައުބާވެ ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! އަދި ފާފަކުރުވި މީހާ އާއި ކައިރިވެސް ނުވާށެވެ! ގުޅުން އެކުގައި ކަނޑައިލާށެވެ! ތިބާ ދެކެ އެއްވެސް މިންވަރަކަށް ލޯބިވާ މީހަކު ތިބާ ލައްވައި ފާފައެއް ނުކުރުވާނެއެވެ! 

އެންމެ ބޮޑު އެއް ހިތާމައަކީ މަދުން ނަމަވެސް އެންމެ ގާތް މީހުންގެ ސަބަބުން ދަރިންނަށް މިފަދަ ނިކަމެތިކަން ލިބެމުން އަންނަ ކަމެވެ. މިއީ ވަރަށް ދެރަކަމެކެވެ. ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. އެކަމަށް ބައެއް މީހުންނަށް ވިސްނާނުލައި ޝައިޠޯނާގެ މަގު އިޚްތިޔާރުކުރެވެނީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން