ޢިބްރަތްތެރި ވާހަކަ- ދަރިއަކުން ލިބުން ލަސްވެ ޅީދަރިފުޅަށް ނުބައިބަސްބުނެ ވަރިކުރުވި މައިދައިތައެއްގެ 3 ދަރިންނަށް އެންމެ ދަރިއެއްވެސް ނުލިބުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޢިބްރަތްތެރި ވާހަކަ- ދަރިއަކުން ލިބުން ލަސްވެ ޅީދަރިފުޅަށް ނުބައިބަސްބުނެ ވަރިކުރުވި މައިދައިތައެއްގެ 3 ދަރިންނަށް އެންމެ ދަރިއެއްވެސް ނުލިބުނު ޙާދިސާއެއްގެ ވާހަކަ-

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު މިގެނެސްދެނީ އަޅުކަނޑަކީ މާކަރާމާތްތެރި އަންހެނެއް ކަމަށް ބުނާކަށް ނޫނެވެ. ނަމަވެސް ޙަޔާތުގައި ތިމާވި ކަމެއްގެ ވާހަކަ ކިޔައިދޭށެވެ. ވިސްނާނެ ގޮތެއް އެއީ އެމީހެއްގެ ކަމެކެވެ.  

އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 21 އަހަރުގައެވެ. ކައިވެންޏަށް 3 އަހަރުވެސް ނުފުރެނީސް ދަރިއަކު ނުވިހައިގެން މައިދައިތަ އެއްޗެތި ގޮވަންފަށައިފިއެވެ. އަޅުގަނޑަކީ ދަރިމައި ނުވާނެ އަންހެނެއްކަމަށް ބުނެ އަޅުގަނޑު ދޫކޮށްލަން ފިރިމީހާއަށް ޕްރެޝަރުކުރަން ފަށައިފިއެވެ. އެކަންކަމަށް ކެތްނުކުރެވިގެން އަޅުގަނޑު ވަރިކުރިއެވެ.  

މިއީ އެއިގެ 15 އަހަރު ފަހެވެ. އަޅުގަނޑުގެ ދެވަނަ ކައިވެނީގައި މިހާރުވެސް 5 ދަރިން ލިބިއްޖެއެވެ. އެމައިދައިތަގެ ތިބީ 2 ފިރިހެންކުދިންނާއި 2 އަންހެންކުދިންނެވެ. އެތަނުން ދަރިއަކު ލިބުނީ އެންމެ ކުއްޖަކަށެވެ. އެކުއްޖާއަށްވެސް އަދި ލިބުނީ އެންމެ ދަރިއެކެވެ. އެއީ ތަނަވަސް ބައެކެވެ. ނުކުރާ ބޭސްފަރުވާއެއް ނެތެވެ.  

އަޅުގަނޑު ބޭނުންވަނީ މައިދައިތަގެ ހުރިހާ ކަމެއް ކިޔައިދީ ބޭޒާރުކުރާކަށް ނޫނެވެ. މިވާހަކަވެސް ހާމަމިކުރީ ތަނަވަސްކަން ހުރިނަމަވެސް ދުލުން ބުނާ ބަސްތަކަށް ސަމާލުވާން ބުނުމަށެވެ. އެބަސް އެނބުރި ތިމާއަށް އަތުވެދާނެކަމަށް ވިސްނައިގެން ބަސްބުނުމަށް ނަޞީޙަތްތެރިވުމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން