ތިމާގެ އެންމެ ފަހުބަހަކީ ޝަހާދަތުގެ ދެކަލިމަ ކިޔުންކަމަށް ހެދޭނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށް!

ކިޔުމަށް ހޭދަވާނީ 5މ 20ސ
ތިމާގެ އެންމެ ފަހުބަހަކީ ޝަހާދަތުގެ ދެކަލިމަ ކިޔުންކަމަށް ހެދޭނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށް!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  

مَنْ كَانَ آخِرُ كَلامِهِ لا إِلَهَ إِلا اللَّهُ دَخَلَ الْجَنَّةَ )

މާނައީ: "އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ." 

މިޙަދީޘަފުޅާއިމެދު ވިސްނަންވާނެއެވެ. ފުރަތަމަ ކަމަކީ މަރުމަތީގައި ޝަހާދަތް ކިޔުމެވެ. އެކަންކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ. ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމެވެ. ދުލުން ޝަހާދަތް ކިޔައި އުޅުނަސް ޢަމަލުނުކުރާ މީހަކަށް މަރުމަތީގައި ޝަހާދަތް ނުކިޔޭނެކަމަށް ނުވަތަ ކިޔުމުގެ ފުރުޞަތު ނުލިބޭނެ ކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ސުވަރުގެއަށް، އަޅުގަނޑުމެން ވަނުމަށް ތައްޔާރުވާން ޖެހެއެވެ. 

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ ‎﴿٣٥﴾‏

މާނައީ: "تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ. (35)" 

އަދިވެސް މުޙައްމަދު ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ‎﴿١٥﴾‏

މާނައީ: "تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ (15)"

 

މިއަދު އޮންލައިން