ތިބާއަކީ ހެޔޮލަފާ އަތްބެއް ހެއްޔެވެ؟ ތިބާގެ ކިބައިގަ މިސިފަތައް އެބަހުރި ހެއްޔެވެ؟: ޑރ. ނުޢުމާން އަލީ ޚާން

ކިޔުމަށް ހޭދަވާނީ 2މ 18ސ
ތިބާއަކީ ހެޔޮލަފާ އަތްބެއް ހެއްޔެވެ؟ ތިބާގެ ކިބައިގަ މިސިފަތައް އެބަހުރި ހެއްޔެވެ؟: ޑރ. ނުޢުމާން އަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަހަރެން ފެށުމުގައިވެސް ދެންނެވި ފަދައިން، ﷲ އީ ޢަދުލުވެރި އިލާހެވެ.

ﷲ ވަނީ ފިރިހެނުންނަށް އެމީހުންގެ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން އަންގަވާފައެވެ. އާއިލާއަށްޓަކައި ހޯދައިދިނުމަށް އެމީހުން ދާ އޮހޮރުވައި، ބުރަ މަސައްކަތްކޮށް، އާއިލާ ބެލެހެއްޓުމަށާއި، ޚަރަދުދިނުމަށާއި، ރައްކާތެރިކަން ދިނުމަށާއި، ޖަޒުބާތީގޮތުންނާއި، މާލީގޮތުންނާއި، ޖިސްމާނީގޮތުން ބަލަހައްޓައި، މި އެންމެހާ ކަންކަން ކުރުމަށް އުފުލަންޖެހޭ އެންމެހާ ތަކްލީފުތަކެއް އުފުލަންޖެހެއެވެ. 

ވީއިރު، އަންހެނުންގެ މައްޗަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ މި ހަމަހަމަކަމުގެ ތެރެއިން އެކަނބަލުންގެ ޒިންމާއަކީ ކޮބައިހެއްޔެވެ؟ ﷲ عز وجل ފަށްޓަވަނީ، ފިރިހެނުންނަކީ އަންހެނުން ބަލަހައްޓާ ބައެއް ކަމުގައި ބަޔާންކުރައްވަމުންނެވެ. އަދި ތިޔަބޭފުޅުން އުއްމީދު ކުރައްވާނީ އެއަށްފަހު ﷲ ވަޙީކުރައްވާނީ "އަންހެނުންނޭވެ، އެހެންކަމުން މިވެނި ކަމެއް ކުރާށެވެ" މިހެން ނޫންހެއްޔެވެ؟ ނަމަވެސް "އަންހެނުން" އޭ ވަޙީކުރެއްވުމުގެ ބަދަލުގައި އެކަލާނގެ ވަޙީކުރެއްވީ "فَالصَّالِحَاتُ" (އެހެންކަމުން، ހެޔޮލަފާ އަންހެނުން...) އެވެ. 

އެހެންކަމުން، އޭގެ ނަތީޖާއެއްގެ ގޮތުން، ހެޔޮލަފާ އަންހެނުންނެވެ. އެކަލާނގެ ހަމައެކަނި "އަންހެނުން" އޭވެސް ވަޙީ ނުކުރައްވައެވެ. ވަޙީކުރެއްވެވީ "ހެޔޮލަފާ އަންހެނުން" ނެވެ. އެއީ އަންހެނުންގެ ކިބައިން އެންމެ ފުރަތަމަވެސް ﷲ އެދިވޮޑިގަންނަވާ ކަމަކީ "ހެޔޮލަފާ" މީހަކަށް ވުން ކަމުގައި ވާތީއެވެ.  

ހަމައެކަނި އަންހެނަކަށް ވުމަކުން ނުނިމެއެވެ. ތިބާ ވާންޖެހޭނީ ހެޔޮލަފާ މީހަކަށެވެ. އަދި ޢަރަބި ބަހުގައި "ހެޔޮލަފާ" (ޞާލިޙު) ގެ މާނައަކީ ކޮބައިހެއްޔެވެ؟ "صالح" މި ބަސް އައިސްފައިވަނީ "صلح" އިންނެވެ. "صلح" ގެ މާނައަކީ ތަޅާފޮޅުވުމާއި ދެކޮޅުވެރިކަމުގެ އިދިކޮޅެވެ. ފަސާދައިގެ އިދިކޮޅެވެ (އެބަހީ އިޞްލާޙުވުމާއި އަމާންކަމެވެ). 

ޙަޤީޤަތުގައި، ދެފަރާތެއްގެ ދެމެދުގައި މައްސަލައެއް ނުވަތަ ޚިލާފެއް އުފެދި، އެ ދެފަރާތުގެ ދެމެދުގައި ޞުލްޙަވެރިކަން ޤާއިމުކުރަން ބޭނުންވާ ހިނދު ކުރާ ކަމަކީ (ޞުލްޙަ) ކުރުމެވެ. އޭގެ މާނައަކީ، އެފަދަ އަނބިންނަކީ އާއިލާގެ ތެރޭގައި ހުންނަ އެންމެހާ މައްސަލަތަކާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނެސްދޭ ސަބަބެވެ. އެކަނބަލުންނަކީ ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަޞްދަރެކެވެ. އެކަނބަލުންނަކީ ރުޅިގަދަވުން މަޑުޖެހި، އަޑުތައް ތިރިވެގެންދާ ސަބަބެވެ. އެކަނބަލުންނަކީ ހިމޭންކަމާއި ހަމަޖެހުމުގެ މަޞްދަރެކެވެ. އެކަނބަލުންނަކީ އިޞްލާޙުގެ މަޞްދަރެކެވެ. އެއްވެސް މައްސަލައެއް އުފެދިއްޖެނަމަ، ފިރިމީހާ އެކަންކަން ހަމައަކަށް އަޅުވައި ހަމަޖެހުން ހޯދުމަށްޓަކައި އެންމެ ފުރަތަމަ ދާނެ ފަރާތަކީ އަނބިމީހާއެވެ.

 

- ޑރ. ނުޢުމާން އަލީ ޚާންގެ ދަރުސަކުން 

- މިއަދުނޫސް

 

މިއަދު އޮންލައިން