ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ބޭއްވި ސިލްސިލާ ބައްދަލުވުންތައް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ބޭއްވި ސިލްސިލާ ބައްދަލުވުންތައް ނިންމާލައިފި

އްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއި ޑީސީއީއޯއިންނާއެކު ޞިއްޙަތާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސިލްސިލާ ބައްދަލުވުންތައް ނިންމުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޞިއްޙަތާ ބެހޭ ޤީލާ އަލީ ވަނީ، ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެން އެއް ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެކުގައި މަސައްކަތް ކުރުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން، ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒުކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި، ކާރިސާތަކާއި ދަތި ހާލަތްތަކުގައި ވެސް ހުއްޓުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ވަރުގަދަ ޞިއްޙީ ނިޒާމެއް ބިނާކުރުމަކީ ވެސް މި ބައްދަލުވުންތަކުގެ މުހިންމު ބޭނުމެއް ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ.

މިއަދު އޮންލައިން