މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރުމުން ހާމަވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން: ވަޒީރު ޒަރީރު

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރުމުން ހާމަވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން: ވަޒީރު ޒަރީރު

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ހާމަވެގެންދަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޫޑީސްއިން ވަނީ ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން "Caa2" އިން "Caa1" އަށް މަތިކޮށްފައެވެ.

މި ނިންމުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޒަރީރު ވިދާޅުވީ، މޫޑީސްގެ މި ރޭޓިން އަޕްގްރޭޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަޝިޕްގެ ދަށުން ސަރުކާރުން އަޅަމުންދާ ހަރުދަނާ ސިޔާސަތުތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ މާލީ ހާލަތަށް އަންނަ ނުތަނަވަސްކަމުގެ މި ދަނޑިވަޅުގައި ވެސް، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ރައްކާތެރިކުރުމަށާއި ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށް މާލީ ވުޒާރާއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިއަދު އޮންލައިން