ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ހިތްދަތިކަން ލިބި ކަރުނައަޅަންޖެހޭނަމަ ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ހިތްދަތިކަން
ލިބި ކަރުނައަޅަންޖެހޭނަމަ ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ތިބާއަށް
ބައްލަވައިވޮޑިގެންވޭ!


"ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ކެތްތެރިވެ އަޅުކަންކުރުންމަތީގަ ދެމިހުރެ ދުޢާކުރުންމަތީގައި ސާބިތުވާށެވެ. އަދި ކިތަންމެ ހިތްދަތި ޙާލުގައި އުޅެން ޖެހުނަސް މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދައި ސުވަރުގެ ލިބިގަތުމަށެވެ.  

ދުނިޔޭގައި ހިތްދަތި ޙާލަތުތައް މިންވަރު ކުރައްވަވާނެއެވެ. އެއީ އަހަރެމެންގެ އީމާންކަން އިމްތިޙާން ކުރެއްވެވުމަށެވެ. ކެތްތެރިކަން ލިބިފައިވާ މިންވަރު އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން ހުންނަ މީހަކަށް ކެތްތެރިވުމުގެ ބާރު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ 

ހިތާމަތަކާއި ހިތްދަތިކަމުގައި އުޅެންޖެހިފައިވާ ކޮންމެ މީހަކަށް މިއީ ވަރަށް އަގުހުރި ނަޞޭޙަތެކެވެ! "އަހަރެމެންނަށް ކުރިމަތިވެފައިވާ ޙާލު ﷲ ދެކެދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ލޮލުން ފައިބާ ކަރުނަދެކެވޮޑިގެންވެއެވެ. ކުރާ ދުޢާ އައްސަވައިވޮޑިގެންވެއެވެ.  

ކޮންމެ ޙާލަތެއްގައިވެސް އުންމީދުކުރަންވީ ކުރިމަތިވެފައިވާ މުޞީބާތުން ވަރަށް އަވަހަށް ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ. އަހަރެމެންނާއި އެންމެ ގާތުގައި ވޮޑިގެންވުމަކީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ. އަދި އެއްވެސް މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެކަންވެސް އެނގެން އެބައޮތެވެ.  

އަބަދުވެސް ކެތްތެރިވެ ޔަޤީންކުރަންވީ އެމީހަކަށް ސުވަރުގެ ލިބުމުން ދުނިޔޭގައި ކުރިމަތިވި އެއްވެސް ހިތްދަތިކަމެއްގެ ހަނދާންވެސް ނުހުންނާނެ ކަމެވެ."  

–މުފްތީ މެންކްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން